ވަރިކުރުމަށްފަހު ދަރިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ސަމާލުކަން އިތުރުކުރަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ވަރިކުރުމަށްފަހު ދަރިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ސަމާލުކަން އިތުރުކުރަންޖެހޭނެ!

ވަރިކުރުމަށްފަހު ދަރިންގެ ޙައްޤުތަކަށް ސަމާލުކަން ދިނުމަށް ކުރިއަށްވުރެ ބޮޑަށް ސަމާލުކަންދީ އެކަމަށް ރައްކައުތެރިވާންޖެހޭނެއެވެ. ދަރިން ބަލަނީ މަންމަ ކަމުގައިވީނަމަވެސް އަދި ބައްޕަ ކަމުގައިވީނަމަވެސް މެއެވެ. 

މައިމީހާ އެކަނި ދަރިން ބަލާނަމަ އެދަރިންގެ ބޭނުންތައް ފުއްދައިދެވޭކަން ކަށަވަރުކުރަންޖެހޭނެއެވެ. ދަރިންގެ ޙާލުބަލައި ދަތިވާ ކަންކަން އޮޅުންފިލުވައިގެންވެސް ދަރިންގެ ބޭނުންތައް ފުއްދައިދޭންޖެހޭނެއެވެ. ބައްޕަ އެކުދިންނާއި ވަކިވިކަމުގެ އިޙްޞާޞް ކުރަން ދަރިންނަށް ޖައްސައިގެންނުވާނެއެވެ. 

އަދި ދަރިން ބަލަނީ ބައްޕަ ކަމުގައިވީނަމަވެސް ދަރިންބެލުމުގެ އިތުރުން ލޯބި ދިނުން އިތުރުކުރަންވާނެއެވެ. ސަބަބަކީ ދަރިން އެވަނީ މަންމަގެ ލޯބިން މަޙްރޫމްކުރުވިފައެވެ. މަންމަގެ ލޯބިދޭންވެސް އަދި ބައްޕަގެ ލޯބިދޭންވެސް ހުރީ ބައްޕަ ކަމަށްވާތީއެވެ. 

ދަރިންގެ ޙައްޤުތަކަކީ ކޮންމެ މީހެއްގެ ނަމަވެސް ބޮލުގައި އެޅޭ އެންމެ ބޮޑު އެއްކަންތަކެވެ. ދަރިންގެ ޙައްޤުތައް އަދާނުކުރިނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެއެވެ. އެއީ ކުޑަ ކަމެއްކަމަށް ނުދެކޭށެވެ. ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ނުކުރެވިއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެކަން އަބަދުވެސް ހަނދާންކުރަންވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ގުޅުންހުރި ސުވާލަކާއި ޖަވާބު:

ސުވާލު: ސުވާލަކީ ފިރިހެންމީހާ އިނދެގެން އަހަރުވާއިރު ވެސް އަނބިމީހާގެ ޙައްޤުތައް އަދާނުކޮށްދެންޏާ އަނބިމީހާ އަމަލުކުރަން ޖެހޭނީ ކިހިނެއްތޯ؟ 

ޖަވާބު: އަނބިމީހާއަށް ލިބެން ޖެހޭ ހައްޤުތައް ފިރިމީހާގެ ފަރާތުން ނުލިބޭ ކަމަށް ވަނީނަމަ، ވަރިއަށް އެދުމުގެ ޙައްޤު އަނބިމީހާއަށް ލިބިގެންވޭ. ޙައްޤު އޮންނާނީ އިނދެގެން އުޅޭ މީހާގެ. ވަރިކުރުމަށް ފަހު ޢިއްދައިގައި އިންނަ އިރުގެ ޚަރަދު ފިޔަވައި އެހެން ޙައްޤެއް ނޯންނާނެ. ދެން ދަރިން ތިބި ނަމަ ދަރިންގެ ޙައްޤުތައް އަދާކޮށްދޭން ޖެހޭނެ.

- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން