ﷲ ތަޢާލާ ދެކެ ލޯބިވާނަމަ ކުރަން އެންގެވީ ކޮންކަމެއް؟ އެއީ ކީއްވެ؟: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ﷲ ތަޢާލާ ދެކެ ލޯބިވާނަމަ ކުރަން އެންގެވީ ކޮންކަމެއް؟ އެއީ ކީއްވެ؟: ޝައިޚް މުޙައްމަދު ހޮބްލޮސް

ﷲ ތަޢާލާ ދެކެ ލޯބިވާނަމަ ކުރަން އަންގަވާފައިވަނީ ކޮންކަމެއްކަން ގިނަ ބައަކަށް މިއަދު ވަނީ އޮޅިފައެވެ. އެހެންވެ އަހުރެން ބުނެދޭނަމެވެ. އަޑުއަހާށެވެ!  

ﷲ ތަޢާލާ ދެކެ ލޯބިވާނަމަ ކުރަން ވަޙީކުރައްވަވާފައިވާ ކަމަކީ ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމައަށް ތަބަޢަވުމެވެ. ދެން އޮތީ އެއީ ކީއްވެގެން ހައްޔެވެ؟  

ސަބަބަކީ އެއިރުން އެމީހަކަށް އަބަދުވެސް ހުރެވޭނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ޢަމަލުތައް ކުރުންމަތީގައެވެ. ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ފަރުޟްތަކަށް ރައްކައުތެރިވެވޭނެއެވެ. ފާފައެއް ނުކުރެވޭނެއެވެ.  

އެއިގެ އިތުރުން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޚުލްޤްފުޅަކީ ޤުރްޢާނެވެ. ވީމާ އެމީހާގެ ހުރިހާ ޢަމަލުތަކެއް ހުންނާނީ ޤުރްއާނާއި އެއްގޮތަށެވެ. އެފަދަ މީހަކަށް ވެވިއްޖެނަމަ އެމީހަކު ހުންނާނީ އެންމެ ސީދާ މަގުގައެވެ.  

މިއީ އަހުރެންގެ ވިސްނުމެވެ. އަހުރެން ޤަބޫލުކުރާ ގޮތުގައި މިބަޔާންކުރި ވަޙީބަސްފުޅަށް ޢަމަލުކޮށްފި ކޮންމެ މީހަކަށްވެސް ސުވަރުގެ ޙައްޤުވާނެއެވެ. އެމީހަކު ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން