ސިޙުރެއް ކެވިއްޖެނަމަ ކުރިމަތިވާ މައްސަލަތައް ވަރަށް ގިނަ! ބަނޑުގެ ބަލިތަކަށް ފަރުވާކުރުމުންވެސް ލުއިނުވާނަމަ ރުޤްޔާކުރުން މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
ސިޙުރެއް ކެވިއްޖެނަމަ ކުރިމަތިވާ މައްސަލަތައް ވަރަށް ގިނަ! ބަނޑުގެ ބަލިތަކަށް ފަރުވާކުރުމުންވެސް ލުއިނުވާނަމަ ރުޤްޔާކުރުން މުހިންމު!

ސިޙުރެއް ކެވިއްޖެނަމަ އެކަމުން ފެންނާނެ ޢަލާމާތްތައް ވަރަށް ގިނައެވެ. ބަނޑުގެ ބަލިތަކަށް ފަރުވާކުރުމުން ޝިފާނުލިބި ލަސްވާނަމަ ރުޤްޔާކުރަންވާނެއެވެ. ތިރީގައިވާ ލިޔުމުން ގުޅުންހުރި ވަރަށް ގިނަ މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

ސިޙުރުގެ އެންމެ ބޮޑު އެއް ނުރައްކަލަކީ ތިމާއަށް މިވަނީ ސިޙުރު ޖެހިފައިކަން ނުއެނގި އެތައް އަހަރުތަކެއްވެސް ފާއިތުވެގެންދާކަމެވެ. މިޘާލަކަށް ބުނާނަމަ ކުޑައިރު ހަދާފައި ހުންނަ ސިޙުރެއް ބޮޑުވުމުން ޖެހިދާނެއެވެ. ޒުވާން ޢުމުރުގައި ހަދާފައި ހުންނަ ސިޙުރެއް މުސްކުޅިވުމުންވެސް ޖެހިދާނެއެވެ. 

ސިހުރުގެ ތެރެއިން ކުރިމަތިވާ އެންމެ ނުރައްކައުތެރި އެއްކަމަކީ ސިހުރެއް (ސިހުރު ހަދާފައިވާ އެއްޗެއް) ކެވުމެވެ. އެފަދައެއްޗެއް ކެވިއްޖެނަމަ ބަނޑުގެ މައްސަލަތައް ކުރިމަތިވާނެއެވެ. ގޭސް އުފެދުން، ބަނޑު ފުއްޕުން، ބަނޑުގެ ތަންތަނުގައި ރިއްސުން ފަދަކަންކަންވެސް މެދުވެރިވެދާނެއެވެ.  

މިސާލަކަށް ބަނޑުގެ ތަންކޮޅެއްގައި ރިއްސައިވެސްފާނެއެވެ. ދިލަވެސް ނަގައިފާނެއެވެ. މުޅި ބަނޑުގައިވެސް ރިއްސައިފާނެއެވެ. އަދި ގިނަގިނައިން ވައިވެސް ލެވިދާނެއެވެ. އުކުނޑިވެސްކޮށްޓައިފާނެއެވެ. ވަރަށް ވަރުގަދައަށް ކަހައިވެސްފާނެއެވެ.  

ސިހުރެއް ކެވިއްޖެ ނަމަ ނުވަތަ ބޮވިއްޖެ ނަމަ ގިނަ ފަހަރު ގޮހޮރުގެ ތެރެއަށްދާނީ ތެރަސްތަކެއް ފަދައިންނެވެ. ގޮސް ގޮހޮރުގައި ތަތްލާނީއެވެ. މިހާލަތުގައި ބައެއް ފަހަރުގެ ގޮހޮރުގެ އަލްސަރއަށްވެސް ބަދަލުވެގެންދެއެވެ.  

ސިހުރު ކެވިގެން ނުވަތަ ބޮވިގެން މިފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ ޑޮކްޓަރުން ކުރާ އެއްވެސް ޓެސްޓަކުން އެއްވެސް ކަމެއް ނުފެންނާނެއެވެ. ބޭސް ކެއުމުން ކުޑަކުޑަ ލުޔެއް ލިބިދާނެއެވެ. ނަމަވެސް ބަލި ފަސޭހައެއް ނުވާނެއެވެ. އަދި ގިނަ ފަހަރު އެގޮތަށް ލުއިވުމަށްފަހު ބަލި ބޮޑުވެގެންވެސް ދާނެއެވެ.  

މިފަދަ ބައެއް ހާލަތުގައި ޑޮކްޓަރުންނަށް ގޮތް ހުސްވުމުން މިވެނި އެވެނި އެއްޗެތި ނުކާންވެސް ބުނާނެއެވެ. އެގޮތަށް ނުކާން ބުނާ އެއްވެސް އެއްޗެއް ނުކައި ހުރި ނަމަވެސް ބަލި ފަސޭހައެއް ނުވާނެއެވެ. ކުރިމަތިވަމުންދާނީ އިތުރު އުނދަގޫތަކެވެ.  

ހަމައެޢާއިއެކު ސިހުރެއްގެމަތިން ހިނގިއްޖެނަމަ ފައިގެ ހުޅުތަކަށް މައްސަލަ ޖެހުން ކައިރިވެއެވެ. ހަމުގެ މައްސަލަތައް ކުރިމަތިވާނެއެވެ. ބައެއް ފަހަރު އެހެން މީހަކަށް ހަދާފައި ހުންނަ ސިހުރެއްގެމަތިން ހިނގުނު ނަމަވެސް ނުވަތަ އެފަދަ އެއްޗަކަށް އެރުނު ނަމަވެސް މައްސަލަތައް ކުރިމަތިވާނެއެވެ. 

ބަލިވެއްޖެ ނަމަ ޑޮކްޓަރަށް ދެއްކުމަކީ ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް ޑޮކްޓަރުންނަށް ބަލި ނުހޯދި ލަސްވާނަމަ ދެވަނަ ވިސްނުމަކަށް ދާންވާނެއެވެ. އެގޮތުން ރުޤްޔާކުރާ މީހެއްގެ ގާތަށް ގޮސް ބަލި ކިޔައިދީ ރުޤްޔާ ކުރާނެ ގޮތުގެ އިރުޝާދު ހޯދައި ރުޤްޔާކުރަންވާނެއެވެ. އެންމެ ރަނގަޅީ އަމިއްލައަށް ރުޤްޔާ ކުރުމެވެ.  

ބަލީގެ ކުރީކޮޅު ފަރުވާ ކުރަން ފެށިއްޖެ ނަމަ ޤްދްރަތީ ބަލި ފަސޭހަކުރަން ފަސޭހަވާފަދައިން ސިހުރުގެ ކަމެއް ކުރިމަތިވެފައިވީ ނަމަވެސް ކުރީކޮޅުގައި ރުޤްޔާކުރަން ފެށިއްޖެ ނަމަ އެކަމަކުން ސަލާމަތްވެވުން ފަސޭހަވާނެއެވެ.  

ޑޮކްޓަރުންނަށް ނުހޯދޭ ބަލިތައް ޖެހޭނަމަ އެއީ ވެސް ސިހުރު ޖެހިފައިވާ ކަމުގެ ޢަލާމާތެކެވެ. މިހާލަތުގައި މީހުންނަށް ތަފާތު ބަލިތައް ޖެހިދާނެއެވެ. ސިހުރުން ބަލިޖެހިފައިވާނަމަ ގިނަ ފަހަރު ދިމާވާނެ ގޮތަކީ ޑޮކްޓަރުންނަށް ދައްކައިގެން ޓެސްޓްތައް ހެދި ނަމަވެސް އެއްވެސް ބައްޔެއް ނުފެނުމެވެ. ނަމަވެސް ބަލީގައި އަބަދުވެސް އުޅެން ޖެހުމެވެ.  

(މިމައުލޫމާތުތައް ހާމަކޮށްފައި އެވަނީ ޢާންމުކޮށް ސިހުރާއި ގުޅުން ހުންނަ ކަންކަމުގައި މެދުވެރިވާ ގޮތަށް ބަލައިގެންނެވެ. ޙާލަތު ބަދަލުވުމަކީ ﷲ ގެ މިންވަރުފުޅެވެ. ދީލަތިވަންތަކަމެވެ.)

 

- މަޢްލޫމާތު "ސިޙުރުން ސަލާމަތްވުމަށް މަގެއް"

 

މިއަދު އޮންލައިން