މިއަދު މިފެންނަނީ ވަރިކުރުމާއިއެކު އަނބިމީހާ ގެއިން ބޭރުކޮށްލެވޭތަނެވެ. ނުވަތަ އަނބިމީހާ ގެއިން ނުކުމެގެންދާތަނެވެ. އަހުރެން މިބުނަނީއެވެ. ވަރިކުރުމަށްފަހު ޢިއްދަ ހަމަނުވަނީސް އަނބިމީހާ ގެއިން ބޭރުކުރުނަ ހުއްދައެއް ނޫނެވެ. އަދު ނުކމެގެން ދިއުން އަނބިމިހާއަށްވެސް ހުއްދައެއްވެސް ނޫނެވެ.
މިއީ އަހުރެން ނެރޭ ޙުކުމެއް ނޫނެވެ. ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ އެކަލާނގެ ޙުކުމްފުޅުތަކެވެ.
އަދިވެސް ދަންނާށެވެ! ވަރިކުރުމަށްފަހު އަނބިމީހާދެ ދިރއުޅުމަށް ދަތިކުރުންވެސް ހުއްދައެއް ނޫނެވެ. އަނބިމީހާގެ އަސާސީ ހުރިހާ ބޭނުންތަކެއްވެސް ފުއްދައިދޭންޖެހޭނެއެވެ. އެކަމަށްވެސް ﷲ ތަޢާލާ ވަނީ ޢަމުރުފުޅު ކުރައްވަވައިފައެވެ.
ވީމާ ވަރިކުރުމަށްފަހު ދެމަފިރިން ބޭނުންވާ ގޮތުގެ ކުރިއަށް ﷲ ތަޢާލާގެ ޙުކުމްފުޅުތައް ނެރެންޖެހޭނެއެވެ. އެހެނީ މުސްލިމުން ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ އެމީހަކު ބޭނުންވާ ގޮތަކަށް ނޫނެވެ. ﷲ ތަޢާލާ އެކަމެއް ކުރަން އަންގްވާފައިވާ ގޮތަކަށެވެ.
ވިސްނާށެވެ! ވަރިކުރުމަށްފަހު ގޭގައި އަނބިމީހާ އިންނަނީ ފިރިމީހާގެ މެހްމާނެއްގެ ގޮތަކު ނޫނެވެ. ﷲ ތަޢާލާގެ އެންގެވުމަކަށެވެ. ވީމާ ކުރިން ދެމީހުން ޚިޔާލުތަފާތުވެ ޒުވާބުކޮށް ހެދިނަމަވެސް ޢިއްދައިގެ މުއްދަތުގައި ޒުވާބުކުރުމެއް ނެތެވެ. އަނބިމީހާއަށް ނިކަމެތިވާނެ އެއްވެސް ކަމެއް ކުރުން ހުއްދަވެގެނެއް ނުވެއެވެ.
- ޑރ. ނޫމާން ޢަލީޚާންގެ ދަރުސަކުން