ދެމެެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން ކުރުމަށް، ސަރުކާރުން ވަނީ ރަނގަޅު އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން ވަޒީރު ވިދާޅުވީ، މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާއި އެއްގޮތަށް ކުރިއަށްދާއިރު މިކަން ދެމެެހެއްޓެނިވި ގޮތެއްގައި ކުރުމަށް، ސަރުކާރުން ރަނގަޅު އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައި ކަމަށެވެ.
"މިފްކޯއަކީ ދިވެހި ރާއްޖެއަށް އެންމެ ގިނަ ބޭރު ފައިސާ ވައްދާ ކުންފުނިތަކުން ކުންފުންޏެއް. މަސްވެރިކަން ރަނގަޅުވީމަ ބޭރުފައިސާ ވަންނަވަރު އިންތިހާއަށް ރަނގަޅު އެބަވޭ. މިފްކޯގެ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި އަޅުގަނޑުވެސް ވަރަށް ގާތުން ބަލަމުން މިދަނީ. މީގެ ތެރެއިން މިފްކޯއަށް ވަންނަ ބޭރުފައިސާ އާންމުންނަށްވެސް ލިބޭނެ އިންތިޒާމެއް އެބައޮތް ހަމަޖެހިފައި. އެއީ ބީއެމްއެލްއަށް މި ފައިސާ މާރުވާނެ މެކޭނިޒަމްތަކެއް މިހާރު އެބައޮތް." މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މިފްކޯއާއި، ބީއެމްއެލް އަދި މާލީ ވުޒާރާ ދެމެދު ވެވުނު އެއްބަސްވުމުގެ ތެރެއިން މިފްކޯއަށް މެދުވެރިކޮށް ބޭރުފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް ވައްދާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިކަމުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް އަށާއި، އެ ބޭންކުގެ ކަސްޓަމަރުންނަށް އަދި މަސްވެރިންނަށްވެސް ފައިދާ ވެގެންދެއެވެ.