މުރައިދޫ ކައުންސިލް އައު އިމާރާތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
މުރައިދޫ ކައުންސިލް އައު އިމާރާތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ތިލަދުންމަތީ މުރައިދޫ ކައުންސިލް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުރައިދޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއެއްގޮތަށް 55 ރަށެއްގެ ކައުންސިލް އައު އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ ސަރުކާރުން ހަވާލުކުރެއްވީ މިނިމުނު ހަފްތާގެ ތެރޭގައެވެ. 

މީގެއިތުރުން މުރައިދޫގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ ވެސް ވަނީ އަޅައިފައެވެ.

ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުރައިދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ. މިރަސްމިއްޔާތުގައި މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ.

 

މިއަދު އޮންލައިން