ރޯދައަށް ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ރޯދައަށް ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމުގެ ފުރުސަތު ހުޅުވާލައިފި

ރަމަޟާން މަހު މިސްކިތްތަކުގައި ތަރާވީހް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމުގެ ފުރުސަތު މޯލްޑިވްސް އިމިގްރޭޝަނުން ހުޅުވާލައިފިއެވެ.

މިކަމާގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ ހާފިޒުން ގެނައުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން ރާއްޖެ ގެނައުމަށް ބޭނުންވާ ހާފިޒުންގެ ވިޒާއަށް އެދި ހުށަހެޅުމުން، ޝަރުތު ހަމަވެ، ހުއްދަ ދޭ ފަރާތްތަކަށް، އެމީހުން ރާއްޖެ އަންނަ ތާރީޚުން ފެށިގެން 45 ދުވަހުގެ "ސްޕެޝަލް ވިޒާ" ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހިފްޒުކޮށް ތަރާވީހް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމަށް އެދޭ ފަރާތްތަކުން، އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ސްޕެޝަލް ވިޒާއަށް އެދި ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. 

އަދި ހުއްދަ ދޭ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހަޅާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި އިމިގްރޭޝަންގެ "އިމުގާ" ޕޯޓަލް މެދުވެރިކޮށް އަންގާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މިއަދު އޮންލައިން