%3އަށްވުރެ ކުޑަ އިންޓްރެސްޓެއްގައި ފަތުރުވެރިކަމަށް ލޯނު ދޫކުރުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
%3އަށްވުރެ ކުޑަ އިންޓްރެސްޓެއްގައި ފަތުރުވެރިކަމަށް ލޯނު ދޫކުރުމަށް ނިންމައިފި

އިންޓްރެސްޓް ރޭޓް %3 އަށްވުރެ ކުޑަކޮށް ފަތުރުވެރިކަމަށް ލޯނު ދޫކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ.

އ. ފިއްލަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހއ. އަދި ހދ.އަށް އިޤްތިޞާދީ ގޮތުން ޓޫރިޒަމާއި މަސްވެރިކަން ފުޅާކުރުމުގައި ފިއްލަދޫ މުހިންމު ދައުރެއް އަދާކުރާނެކަމަށެވެ. އެހެންކަމުން ޓޫރިޒަމަށް ކައުންސިލްތަކުން ދޫކޮށްފައިވާ ބިންތައް ތަރައްޤީކުރުމަށް %3އަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓުގައި ލޯން ދޫކުރުމަށް ނިންމަވާފައިވާކަމަށާއި، އެކަމުގެ މަސައްކަތް މާލީ ވުޒާރާއާއި ބެންކް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

"އިޤްތިޞާދީ ތަރައްޤީއަށް ވިސްނާއިރު ޓޫރިޒަމް ފުޅާކުރުން މުހިންމު. ހަނިމާދޫ އެއަރޕޯޓް އަދި މިސަރަހައްދުގެ އިކޮނޮމިކް ވައިބިލިޓީއަށްބަލައި އިޤްތިޞާދީ ފުރުޞަތު ފުޅާކުރަން ބޭނުން. އެހެންކަމުން މި ހުރި ބިންތައް ހެދޭނެ ގޮތް ފަހިކުރަން ސަރުކާރުން ބޭނުން. ބޭންކިން ތެރެއިން މިހާރު އޮތްގޮތުން ލަސްވާނެ އެތަންތަން ތަރައްޤީވާން. އެހެންވެ ސަރުކާރުން އިސްނަގައިގެން ބީއެމްއެލްއާއެކު ނިންމާފައިވަނީ މިރަށުގައި މިހުރި، ކައުންސިލުން ނަގާފައިވާ ބިންތަކަށް ފަހިވާނެ، އާންމުކޮށް ކޮމާޝަލް ބޭނުންތަކަށް ދޫކުރާ ލޯންތައް %3 އިންޓްރެސްޓް ދަށްކޮށް ލޯން ދޫކުރުމަށް. އޭރުން ބިންތައް ހެދި ޓޫރިޒަމް ތަރައްޤީގެ ފެނާއި ނަރުދަމާ އެސަރަހައްދަށް ގުޅޭނެ". ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ކުރިއަށްދިޔަ "މަގޭ ސޯލަރ" ޕްރޮގްރާމްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ.

މިއަދު އޮންލައިން