ހއ. ދިއްދޫއަށް ރައީސް ވަޑައިގެންނެވުމް ހޫނު މަރުޚަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 31ސ
ހއ. ދިއްދޫއަށް ރައީސް ވަޑައިގެންނެވުމް ހޫނު މަރުޚަބާއެއް ދަންނަވައިފި

ހއ. ދިއްދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެންނެވުމް ހޫނު މަރުޚަބާއެއް ދަންނަވައިފިއެވެ.

ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށް ދިއްދޫއަށް ރައީސް ވަޑައިގަތުމުން، އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ރައީސް އާއި ސަލާމްކުރެއްވުމަށް ބަނދަރު ސަރަޙައްދަށް ގިނަ އަދަދެއްގެ އާންމުން ވަނީ އެއްވެފައެވެ.

މިއީ ހއ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 4 ވަނަ ރަށެވެ.

ރައީސް ހއ. އަތޮޅަށް ކުރައްވަމުންދާ 3 ދުވަހުގެ ދަތުރުފުޅުގައި އަތޮޅުގެ 11 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން