އައިޑީކާޑު ޚިދުމަތް ހއ. ދިއްދޫގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
އައިޑީކާޑު ޚިދުމަތް ހއ. ދިއްދޫގައި ފަށައިފި

އައިޑީކާޑު ޚިދުމަތް ހއ. ދިއްދޫގައި ރަސްމީކޮށް ފަށައިފިއެވެ،

ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އަތޮޅުގެ ވެރިކަން ކުރާ ރަށް ދިއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން މި ޚިދުމަތް ދިއްދޫގައި ރަސްމީކޮށް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއެވެ.

ޕާސްޕޯޓު، ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާޙްކުރައްވާފައެވެ.

އާންމު ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިންމު ޚިދުމަތެއް ރައްޔިތުންނާ ގާތުން ލިބޭނެ މަގުފަހިވެގެން ދިޔުމަކީ ބޮޑެތި ލުއިފަސޭހަތަކެއް ރައްޔިތުންނަށް ލިބިގެންދާނެކަމެކެވެ.

މިއަދު އޮންލައިން