ދެ ޙާލަތެއްގައި މީހުން ދަރަނިވެރިވެއެވެ. ފުރަތަމަ ޙާލަތަކީ ދިރިއުޅުމުގެ ކަންކަން ދަތިވެ ދެން އެހެން ގޮތެއް ނެތުމެވެ. ދެވަނަ ކަމަކީ ދަރަނަވިވެރިވުމަކީ ކިހައި ބޮޑުކަމެއް ކަމާއިމެދު ވިސްނައިވެސް ނުލައި ދަރަންޏަށް ލިބޭނެ ފަސޭހަ ގޮތްތައް ހުރުމުން ފައިސާ އާއި ތަކެތި ދަރަންޏަށް ނެގުމުން ދަރަނިވެރިވުމެވެ.
ކޮންމެ ގޮތަކުން ނަމަވެސް ދަރަނިވެރިވެއްޖެނަމަ ދަރަނިން ސަލާމަތްވާން މަސައްކަތްކުރަންވާނެއެވެ. މަސައްކަތްކުރަމުން ދުޢާވެސް ކުރަންވާނެއެވެ.
ތިރީގައިވާ ލިޔުމުގައި ދުޢާއަކީ ޙަދީޘްފުޅުން ޘާބިތުވާ ދުޢާއެކެވެ.
މީސްތަކުން މިއަދު ދަރަންޏާއިމެދު ދެކެނީ އެއީ ވަރަށް ލުއިކަމެއްގެ ގޮތުގައެވެ. އެއީ އެއްވެސް ކަމެއް ނޫން ކަމުގައެވެ. ނަމަވެސް އެއީ އެންމެ ބޮޑު އެއް ކަންތަކެވެ. ﷲ ތަޢާލާ ޤިޔާމަތް ދުވަހު މީސްތަކުންނަށް ޢަފޫކުރައްވަވާނެ ކަންކަމުގެ ތެރޭގައި ދަރަނި ނުހިމެނޭތީއެވެ. ދަރަނި އެއިގެ ޙައްޤުވެރިޔާއަށް އަދާކުރަންޖެހޭނެތީއެވެ. ތިމާކޮށްފައިވާ ހެޔޮ ޢަމަލުތަކުން ބަދަލުދޭންޖެހޭނެތީއެވެ.
.اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحُزْنِ وَالْعَجْزِ وَالْكَسَلِ وَالْبُخْلِ وَالْجُبْنِ وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ
މިދުޢާއަކީ ދަރަނި އަދާކުރެއްވެވޭނެ އެއްވެސް މަގެއް ފެނިވަޑައި ނުގަތުމުން ކަންބޮޑުވެވަޑައިގެން އެކަމުގެ ހިތާމައި އިންނެވި ޞަޙާބީ ބޭކަލެއް ކަމުގައިވާ އަބޫ އުއްމާ އަށް ރަސޫލް (ﷺ) އުނގަންނަވައި ދެއްވެވި ދުޢާއެވެ. ޙަދީޘްފުޅުގައި ވަނީ ހެނދުނާއި ހަވީރު ދުޢާކުރެއްވުންމަތީގައި ހުންނެވުމަށެވެ.
އަބޫ އުއްމާ ވަނީ މިދުޢާ ކުރެއްވެވުމުން ދަރަނިން ސަލާމަތްވެވަޑައިގެންނެވިކަމަށް ވިދާޅުވެފައެވެ.
ޙަދީޘް ރިވާކުރެއްވެވީ ابو سعید الخُدری (އަބޫ ދާވޫދު)
.اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحُزْنِ وَالْعَجْزِ وَالْكَسَلِ وَالْبُخْلِ وَالْجُبْنِ وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ
“O Allah, I take refuge in You from anxiety and sorrow, weakness and laziness, miserliness and cowardice, the burden of debts and from being overpowered by men.” (Sahih Al Bukhari)
Narrated by Abu Sa’id al-Khudri (RA), one day Prophet Muhammad (p.b.u.h.) entered the mosque and saw a man named Abu Umamah ,who seemed to always be staying at the mosque long after his prayers were completed and people had all left.
Then the Messenger of Allah (p.b.u.h.) asked him:
“Why are you sitting at the mosque when it is not time for prayer?”
Abu Umamah replied, “I am entangled in sorrow and debts and I don’t know what I should do about it.”
Then the Prophet (p.b.u.h.) taught him this dua and told him to recite it during the morning and evening. Abu Umamah later noted, “When I did what the Messenger (p.b.u.h.) suggested, Allah (swt) removed my distress and settled my debt.” (Abu Dawood)
I hope these duas (supplications) help ease your heart in times of distress. Know that this Muslim Girl is always making dua for you.
·