ޢަޞްރު ނަމާދުގެ ކުރިން ސުންނަތުގެ 2 ރަކްޢަތް ނުވަތަ 4 ރަކްޢަތް ކުރުމަކީ ސުންނަތެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޢަޞްރު ނަމާދުގެ ކުރިން ސުންނަތުގެ 2 ރަކްޢަތް ނުވަތަ 4 ރަކްޢަތް ކުރުމަކީ ސުންނަތެއްތޯ؟

ޢަޞްރު ނަމާދުގެ ކުރިން ސުންނަތް 2 ރަކްޢަތް ނުވަތަ 4 ރަކްޢަތް ކުރުމާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. އެއީ އެއްބައަކު ކޮށްފައި އަނެއް ބައަކު ނުކުރާތީއެވެ. އެހެންކަމުން މިގެނެސްދެނީ ސުންނަތުގައި އެކަން އޮތް ގޮތެވެ.  

ފާހަގަކުރަން ޖެހޭ އެއްކަމަކީ ސުންނަތް ނަމާދުކުރުން ގިނަކޮށް ސަޖިދަކުރުން ގިނަ ކުރުމަކީ ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަ އާއި އެންމެ އަރިއަހުގައިވުމަށް ކުރަން ޙަދީޘްފުޅުކުރައްވަވާފައިވާ ކަމެއްކަމެވެ.  

ސުވާލު: ޢަޞްރު ނަމާދުގެ ކުރިން ނުވަތަ ފަހުން ސުންނަތްކުރުން އޮވޭތޯ؟ ޢަޞްރުގެ ކުރިން ބައެއް މީހުން 4 ރަކްޢަތް ކުރާތަން ފެނެއެވެ. ޢާންމުކޮށް ކުރާ 12 ރަކްޢަތް (ފަތިސް ކުރީގެ 2، މެންދުރު ކުރިން 4، ފަހުން 2، މަޣްރިބް އަދި ޢިޝާގެ ފަހުން 2) ގެ ތެރޭގައި ނުހިމެނޭތީ.) 

ޖަވާބު: ޢަޞްރު ނަމާދުގެ ކުރީގައި 4 ރަކްޢަތް ކުރުން އޮވޭ. އެއީ ސުންނަތްކަން. އެއީ ގަދަ 12 ރަކްޢަތުގެ ތެރޭގައި ނުހިމެނޭ 4 ރަކްޢަތް. ޢަޞްރު ނަމާދުގެ ކުރިން 4 ރަކްޢަތް ކޮށްފި މީހަކަށް ﷲ ރަޙްމަތް ލައްވާނެ ކަމަށް ޙަދީޘްގައި ވާރިދުވެފައިވޭ. ޢަޞްރު ފަހުން ކުރަން ޖެހޭ ސުންނަތް ނަމާދެއް ނޯންނާނެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މިސުވާލުގެ ޖަވާބު ހަމަ މިގޮތަށް ދެއްވައި އިތުރު ތަފްޞީލް ދެއްވަމުން އިސްލާމީ މަރުކަޒުގެ އިސް އިމާމް ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެފައިވަނީ ކޮންމެ ބަންގިއަކާއި ޤަމަތް ދިނުމާއި ދެމެދުގައި ސުންނަތް 2 ރަކްޢަތް ކުރަން ޙަދީޘްފުޅުގައި އޮންނަ ކަމަށެވެ.

 

 

މިއަދު އޮންލައިން