ބައިވެރިޔާއަށްވެސް އެހެން މީހަކަށްވެސް އޭނާ ދެރަވެ ހިތުގަ ޖެހޭފަދަ ބަހެއްވިޔަސް ނުބުނާށެވެ! އެއީ ސުންނަތާއިވެސް ޚިލާފް ކަމެކެވެ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ބައިވެރިޔާއަށްވެސް އެހެން މީހަކަށްވެސް އޭނާ ދެރަވެ ހިތުގަ ޖެހޭފަދަ ބަހެއްވިޔަސް ނުބުނާށެވެ! އެއީ ސުންނަތާއިވެސް ޚިލާފް ކަމެކެވެ!: ޢުމަރު ސުލައިމާން

ކިރިޔާ ކަމެއް މެދުވެރިވާއިރަށް އަނެކާގެ ހިތުގައި ޖެހޭނެ ފަދަ ބަސްތައް ނުބުނަންވީ ސަބަބުތައް ބައިވަރެވެ. ފުރަތަމަ ކަމަކީ އެއްވެސް މީހެއްގެ މީހެއްގެ ހިތުގައި ޖެއްސުވުމަކީ އެމީހަކަށް ދެވޭ އަނިޔާއަކަށްވާކަމެވެ. އެއްވެސް މީހަކަށް އަނިޔާއެއް ދިނުމެއް ނެތެވެ. ދެވަނައަށް ބަލާނަމަ އެއީ ސުންނަތާއިވެސް ޚިލާފް ކަމެކެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ދަރިކަނބަލުން ފާޠިމަތުގެފާނާއި އެކަމަނާގެ ފިރިކަލުން ޢަލީގެފާނާއި ކުރެން އެންމެ ބޮޑަށް ލޯބިފުޅުވަނީ ކޮން ބޭކަލަކަސްކަން ބަޔާންކުރައްވަވަންޖެހިވަޑައިގެންނެވި ވަޤުތަށެވެ. 

ފާޠިމަތުގެފާނަކީ ނުހަނު ލޯބިފުޅުވާ ދަރިކަނބަލުންނެވެ. އެހެންވީމާ ހިތްޕުޅުގައި އެކަމަނާއަށް އޮންނާނެ ލޯބިފުޅު ޚިޔާލަށް ގެންނާށެވެ. ސުވާލުގެ ޖަވާބަކީ ވަރަށް ފަސޭހައިން ދެއްވެވެން އޮތް ދެއްވެވެން އޮތް ޖަވާބެކެވެ. ނަމަވެސް ޢަލީގެފާނާއިމެދުވެސް ވިސްނަވައިލެއްވެވިއެވެ. ޢަލީގެފާނަކީ ހަމައެކަނި ކޮއްކޯފުޅެއްވެސް ނޫނެވެ. އަމިއްލަފުޅު ދަރިކަލެއް ފަދައިން ތަރުބިއްޔަތުކުރެއްވެވި ބޭކަލެކެވެ. މަދީނާގައި އަޚެކެވެ. 

އެެހންކަމުން ޙަދީޘްފުޅު ކުރެއްވެވީ ހިތްޕުޅުގެ ލޯބި އެންމެ ބޮޑަށް އޮތީ ފާޠިމަތުގެފާނަށް ކަމެވެ. ނަމަވެސް ޢަލީގެފާނުގެ އަގު މާބޮޑުކަމަށެވެ. ޖަވާބު ދެއްވެވީ ފާޠިމަތުގެފާނާއި ޢަލީގެފާނަށްވެސް އުފާވެރިކަން ލިބިވަޑައިގަންނަވާނެ ގޮތަށެވެ. ދެބޭފުޅުންނަށްވެސް ހިތްޕުޅު ދަތިނުވާނެ ގޮތަށެވެ. 

މިއީ އަހުރެމެންނަށް ވަރަށް މުހިންމު ފިލާވަޅެކެވެ. ހިތަށް އަރާއިރަށް އަނެކާ ދެރަކޮށްލައި ނިކަމެތިކޮށްލައި ހިތުގައި ޖެހޭނެ ފަދަ ބަސްތައް ބުނަން ހެޔޮނުވާނެއެވެ. އަނބދަރިންނަށް، ޢާއިލާގެ މީހުންނަށް އަދި އެހެން މީހަކަށް ކަމުގައިވީނަމަވެސްމެއެވެ. އެކަމުން އަނެކާގެ ހިތަށް ލިބޭ ވޭންތަކަށް ބަދަލެއް ނުދެވޭނެއެވެ. އަދިވެސް ކީއްހެއްޔެވެ؟ އެފަދަ ކަންކަން ކުރާނަމަ އެމީހަކަށް ކުރިމަތިވާ ހިތްދަތިކަން މާބޮޑުވާނެއެވެ!

 

- މަޢުލޫމާތު: ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން