މިއަދުނޫސް
ނަމާދަކީ ޚުޝޫޢަތްތެރިކަމާއި މަޑުމައިތިރިކަމާއިއެކު އަދާކުރަންޖެހޭ އަޅުކަމެކެވެ. އެހެންކަމުން ނަމާދުގެ މަތިވެރި ޘަވާބުން އުނިވެދާނެފަ ކަންތައްތަކަށް ސަމަލުވުމަކީ މުހިއްމުކަމެކެވެ.
ތިރީގައިމިވަނީ ނަމާދުގެ ސައްޙަކަން ގެއްލޭ ކަންކަމުގެގޮތުގައި ސާބިތުވެފައިވާ ކަންކަމެވެ.
• ވުޟޫ ގެއްލޭފަދަކަމެއްކުރެވުން؛ ފުރަގަސްފަރާތުން ވައި ބޭރުވުން. ޖަމަލުމަސް ކެއުން
• ޢައުރަ ފައުޅުވުން؛ އިޚްތިޔާރަކާއިނުލާ ޢައުރައިގެ ކުޑަތަންކޮޅެއް، ނުވަތަ ޢައުރައިގެ ބޮޑުބައެއް ފާޅުވެއްޖެހިނދު އަވަހަށް ނިވާކޮށްފިނަމަ ނަމާދުގެ ސައްޙަކަމެއް ނުގެއްލޭނެއެވެ.
• ހަށިގަނޑުގައި ނުވަތަ ފޭރާމުގައި ނުވަތަ ނަމާދުކުރާ ތަނުގައި ނަޖިސްހުރުން
• ބޭކާރުގޮތުގައި ގިނަގިނައިން އިތުރު ހަރަކާތް ކުރުން
• ގަސްދުގައި ނަމާދުގެ އެއްވެސް ހަރަކާތެއް ދޫކޮށްލުން ( ރުކޫޢު، ސަޖިދަ ކަހަލަ ހަރަކާތްތައް)
• އަމިށްލަ އިޚްތިޔާރުގައި ނަމާދަށްހުރެ ހުނުމާއި ވާހަކަދެއްކުން
• ޤިބުލައާއި މާބޮޑަށް ސީދާނުވުން
• ނަމާދަށް ހުރެ ކެއުމާއި ބުއިން
وﷲ أعلم
( އިބްނު އަލް- މުންޛިރު)
--އިސްލާމީ ތިލަފަތުގެ ދަރުސަކުން