ތަކަންދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 39ސ
ތަކަންދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ތަކަންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށްޓަކައި އެރަށު ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.

އެއްބަސްވުމުގައި ތަކަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޙުސެއިން ނަޢީމެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.

ސަރުކާރުގެ ޢަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމެވެ.

މިއަދު އޮންލައިން