ހއ. މާރަންދޫއަށް ރައީސް ވަޑައިގެންނެވުމް ހޫނު މަރުޚަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 40ސ
ހއ. މާރަންދޫއަށް ރައީސް ވަޑައިގެންނެވުމް ހޫނު މަރުޚަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. މާރަންދޫއަށް ވަޑައިގެންނެވުމުން ގިނަބަޔަކުވަނީ އެމަނިކުފާނަށް ހޫނު މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް އެއްވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މާރަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. 

މިއީ ހއ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 6 ވަނަ ރަށެވެ.

ރައީސް ހއ. އަތޮޅަށް ކުރައްވަމުންދާ 3 ދުވަހުގެ ދަތުރުފުޅުގައި އަތޮޅުގެ 11 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

 

މިއަދު އޮންލައިން