ހއ. މާރަންދޫ ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. މާރަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެތެރެއިން އްބަސްވުމުގައި ސޮއިކޮށްފައިވާއިރު ތަކަންދޫ ކައުންސިލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޖައިލަމް ޙާރޫންއެވެ. އަދި ބޭންކް އޮފް މޯލްޑިވެސް ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.
ސަރުކާރުގެ ޢަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމެވެ.