ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލުގެ އައު އިމާރާތުގެ ބިންގާ އަޅައި ފުލުހުންގެ މަރުކަޒު ހުޅުއްވައިދެއްވައިފިއެވެ.
ބިންގާ އަޅުއްވައިފެއްވީ ސިޓީތަކާއި އިދާރީ ދާއީރާތައް ހިންގުމާއި އާއްމު ޚިދުމަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އަޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައި މާރަންދޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އަޅުއްވާފައިވާއިރު މާރަންދޫގައި ތަރައްޤީކޮށްފައި ފުލުހުންގެ މަރުކަޒު ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފައެވެ.
ސަރުކާރުގެ އަމާޒަކީ ހާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް މިދައުރުގެ ތެރޭގައި އައު އިމާރާތްތައް ޤާއިމުކޮށްދެއްވުމެވެ.