އިހަވަންދޫ އަށް ރައީސް ވަޑައިގެންނެވުމް ހޫނު މަރުޚަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
އިހަވަންދޫ އަށް ރައީސް ވަޑައިގެންނެވުމް ހޫނު މަރުޚަބާއެއް ދަންނަވައިފި

ހއ. އިހަވަންދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެންނެވުމް ހޫނު މަރުޚަބާއެއް ދަންނަވައިފިއެވެ.

އިހަވަންދޫއަށް ރައީސް ވަޑައިގަތުމުން، އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ރައީސް އާއި ސަލާމްކުރެއްވުމަށް ބަނދަރު ސަރަޙައްދަށް ގިނަ އަދަދެއްގެ އާންމުން ވަނީ އެއްވެފައެވެ.

އިހަވަންދޫއަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން، އެ ރަށުގެ ފިޝަރީޒް ކޮމްޕެލެކްސްގެ ބިންގާ އެޅުމަށް ވަނީ ހަމަޖަހިފައެވެ. އަދި އެރަށުގައ އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ފެށުމާއި، ޕާސްޕޯޓު ޚިދުމަތް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓިއެމްއެއް އެ ރަށުގައި ޤާއިމްކުރުމަށް އެ ރަށު ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކުރަން ވަނީ ހަމަޖެހިފައެވެ.

މިއީ ހއ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 7 ވަނަ ރަށެވެ.

ރައީސް ހއ. އަތޮޅަށް ކުރައްވަމުންދާ 3 ދުވަހުގެ ދަތުރުފުޅުގައި އަތޮޅުގެ 11 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން