ދައުލަތުގެ ބަޖެޓުން ޤައުމީ ޤުރްއާން މުބާރާތަށް ޚަރަދުކުރާގޮތަށް ރައީސް ނިންމަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ދައުލަތުގެ ބަޖެޓުން ޤައުމީ ޤުރްއާން މުބާރާތަށް ޚަރަދުކުރާގޮތަށް ރައީސް ނިންމަވައިފި

ސީދާ ދައުލަތުގެ ބަޖެޓުން ޤައުމީ ޤުރްއާން މުބާރާތަށް ޚަރަދުކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިކަން އިއުލާން ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދެވެ.

ޑރ.ޝަޙީމް ވިދާޅުވީ  ޤައުމީ ޤުރްއާން މުބާރާތް ގިނަ އަހަރުތަކެއް ވަންދެން ހިނގަމުން އައީ ތަނަވަސް ފަރާތްތަކުން ދެއްވާ ފައިސާއިން ބޮޑު ޚަރަދެއްކޮށްގެންކަމަށެވެ. އަދި މިކަމަށް ރައީސް ޑރ. މުޢިއްޒު ދެއްވާ ޤައުމީ އަހައްމިއްޔަތަށްޓަކައި، މިއަހަރުން ފެށިގެން ސީދާ ދައުލަތުގެ ބަޖެޓުން ޤައުމީ ޤުރްއާން މުބާރާތް ހިންގުމަށް ނިންމަވައި، 2025 ގެ ބަޖެޓްގައި ރައީސް ހިމަނުއްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސްގެ މި ނިންމެވުމުން މި ސަރުކާރުން ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރެއްވުމަށާއި، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ދޭ އަހައްމިޔަތުކަން އެނގިގެންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު، އެންމެ ގިނަ ދަރިވަރުން ބައިވެރިވާ ޤުރްއާން މުބާރާތެވެ.

މިއަދު އޮންލައިން