އާޔަތުލްކުރުސިއަކީ ކީރިތި ޤުރްއާނުގަވާ އެންމެ މަތިވެރި އާޔަތްކަން އެނގޭ ސަބަބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އާޔަތުލްކުރުސިއަކީ ކީރިތި ޤުރްއާނުގަވާ އެންމެ މަތިވެރި އާޔަތްކަން އެނގޭ ސަބަބު

ބައެއް މީހުން ކުރާ ސުވާލެކެވެ. ކީރިތި ޤުރްޢާނުގައިވާ އެންމެ މަތިވެރި އާޔަތަކީ އާޔަތުލްކުރުސިކަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެނގިވަދައިގެންނެވީ ކިހިނަކުން ހެއްޔެވެ؟ 

ސުވާލަށް ޖަވާބު މިދެނީ އަހުރެންގެ އަމިއްލަ ވިސްނުމުންނެވެ. އަހުރެންނަށް ވިސްނޭ ގޮތުގައި ސަބަބަކީ ﷲ ތަޢާލާގެ ސިފަފުޅުތަކާއި މަތިވެރިވަންތަކަން އެންމެ ބޮޑަށް ބަޔާންވެގެންވަނީ އެ އާޔަތުގައި ކަމަށްވާތީއެވެ. 

އެހެންވެ ކޮންމެ ފަރުޟް ނަމާދަކަސް ފަހުގައި އެ އާޔަތްވިދާޅުވެއެވެ. އެއިރުން އެއީ ސުވަރުގެ ވައްދަވާނެ ސަބަބެވެ. ހެނދުނާއި ހަވީރު ވިދާޅުވެއެވެ. އެއިރުން އެއީ ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ދެއްވަވާ ސަބަބެވެ. ސިޙުރާއި އެސްފީނާއިންވެސް މެއެވެ. އަދި ރޭގަނޑު އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން ވިދާޅުވެއެވެ. އެއީ ނިދީގައި އޮންނަ މީހާގެ ރައްކަލަށް ފާރަވެރިއަކު ބަހައްޓަވައި ދެއްވަވާ ކަމެކެވެ. 

އަހުރެންގެ ވިސްނުމުން މިހުރިހާ ފައިދާތަކެއް އެއާޔަތުން ލިބެނީ ހަމަ ކުރިން ބަޔާންކުރި ސަބަބަށްޓަކައެވެ. ﷲ ތަޢާލާގެ ސިފަފުޅުތަކާއި މަތިވެރިވަންތަކަން އެންމެ ބޮޑަށް ބަޔާންވެގެންވަނީ އެ އާޔަތުގައި ކަމަށްވާތީއެވެ. އެކަން ހިތުގެ އަޑިން ޤަބޫލުކޮށް ޢަމަލުކުރާ މީހަކަށް ﷲ ތަޢާލާ ނުދެއްވަވާނެ ނިޢުމަތެއް ނުވެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން