ކޮފީން ބައްދަލުވެ ކައިވެނިކުރި ބައިވެރިޔާ ކޮފީއަށް ދާތީ ހިތްފަޅައިގެންދާ މީހުން އެއަނިޔާ ލިބިގަންނަނީ އަމިއްލައަށް ނޫންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކޮފީން ބައްދަލުވެ ކައިވެނިކުރި ބައިވެރިޔާ ކޮފީއަށް ދާތީ ހިތްފަޅައިގެންދާ މީހުން އެއަނިޔާ ލިބިގަންނަނީ އަމިއްލައަށް ނޫންތަ؟

މިހާރަކަށް އައިސް ޢާންމުވެފައިވާ އެއްކަމަކީ ކޮފީތަކަށް ގޮސް ބައްދަލުވާ މީހުންނާއި ގުޅުން އުފައްދައި ކައިވެނިކުރުމެވެ. އަދި ކައިވެންޏަށްފަހު އޭނާ ކޮފީތަކަށްދާތީ ކަންބޮޑުވުމެވެ. އެކަމާއި ދެރަވެ ހިތްފަޅައިގެންދާ މީހުން ގިނަވުމެވެ. 

ވިސްނައިލާށެވެ! ކައިވެންޏަށްފަހުގައިވެސް އޭނާ އެކުރަނީ ހަމަ އެއްކަމެކެވެ. ކުރިން ކުރި ކަންތަކެވެ. އެއުޅެނީ އެއްގޮތަކަށެވެ. ހަމަ ކުރިން އުޅުނު ގޮތަށެވެ. އެއިރު އެކަންކަން ރަނގަލުވެފައި މިހާރު ނުރަނގަޅުވީމާ މިވަނީ ކިހިނެއް ހެއްޔެވެ؟ 

ކޮފީތަކަށްގޮސް މަސްހުނި ވުމަކީ ނުރަނގަޅުކަމަކަށްވާންވީ ކައިވެނިކުރުމަށް ފަހަކު ނޫނެވެ. ނުރަނގަޅު ކަމެއް އަބަދުވެސް އޮންނާނީ ހަމަ ނުރަނގަޅު ކަމެއްގެ ގޮތުގައެވެ. އަންހެނަކަށްވީނަމަވެސް އަދި ފިރިހެނަކަށްވީނަމަވެސް ކަމުގައި އެއްވެސް ތަފާތެއް ނެތެވެ. 

މިޘާލަކަށް ބުނާނަމަ ކޮފީއަށް ގޮސް ދެމީހުން އުނގުޅުނުއިރު އެކަން ރަނގަޅުވެފައި ފަހުން ގޯސްކުރަން އުޅުނީމާ ނުކުންނާނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ މިދައްކަނީ އަންހެން އެކުވެރިން ނުވަތަ ފިރިހެން އެކުވެރިން ޢަބުރުވެރިކަމާއިއެކި ކޮފީއަކަށް ގޮސްއުޅުމުގެ ވާހަކައެއް ނޫނެވެ. ދެޖިންސުން މަސްހުނިވެ ޢަބުރު ނަގައިލެވޭ ކޮފީތަކުގެ ވާހަކައެވެ. 

ކުރިން އުޅެމުން އަންނަ ގޮތް ކައިވެންޏަށްފަހުގައިވެސް ބަދަލުކުރެވެނީ ވަރަށް މަދުމީހަކަށެވެ. ވީމާ ބައިވެރިއަކު އިޚްތިޔާރުކުރާއިރު އެކަމަށް ވިސްނަންވާނެއެވެ. އަންހެނުންވެސް އަދި ފިރިހެނުންވެސް ވިސްނަނަްވާނެއެވެ. 

ދެން މިކިޔައިދެނީ އަހުރެންގެ އެކުވެރިއަކު ކަންތައް ކުރި ގޮތެވެ. އޭނާއަކީވެސް މަސްހުނި ކޮފީތަކަށް ގޮސް އުޅުނު ޒުވާނެކެވެ. ގުޅުނީވެސް ކޮފީތަކުން ބައްދަލުވި އަންހެނަކާއިއެވެ. ނަމަވެސް ގުޅުނީ ދެމީހުންވެސް އެފަދަ ތަންތަނަށް ދިއުން ހުއްޓާލައި، ނުގޮސް ތިބެވޭނެކަން އެކަކު އަނެކަކަށް ޔަޤީންކޮށްދިނުމަށްފަހުގައެވެ. 

ކޮފީތަކަށް ދާން ބޭނުންވާ މީހަކު ކޮފީތަކަށް ނުދިއުމަށް ބުނި ނަމަވެސް އެބަސްވާނީ ބޭކާރު ބަހަކަށެވެ. އެހެންވެ އެހެން ބުނާކަށް ނެތީމެވެ. ނަމަވެސް ބުނެލަން އޮތީ ކޮފީތަކުން ބައްދަލުވާ މީހުންނާއި ގުޅި ކައިވެނިކުރާނަމަ މިދެއްކި ވާހަކައަށް ވިސްނައިލިއްޔާ ފައިދާކުރާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން  

މިއަދު އޮންލައިން