ފެނަނަ ހުވަފެނުގެ ވާހަކަ އެކަކަށްވެސް ކިޔައިނުދޭށެވެ! ޙަސަދަވެރިން ވަކިކުރާކަށް ނޭނގޭނެ! ޙަސަދައިން ލިބޭ ގެއްލުން މާބޮޑުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ފެނަނަ ހުވަފެނުގެ ވާހަކަ އެކަކަށްވެސް ކިޔައިނުދޭށެވެ! ޙަސަދަވެރިން ވަކިކުރާކަށް ނޭނގޭނެ! ޙަސަދައިން ލިބޭ ގެއްލުން މާބޮޑުވާނެ!: މުފްތީ މެންކް

މާ ޙާޞިލްކުރަން ބޭނުންވާ ކަމެއް ޙާޞިލުކުރެވިގެން އުޅެނިކޮށް ނުވަތަ އެނޫންވެސް ތިމާއަށް މަންފާކުރާނެ ކަމެއް ހުޞާލްކުރެވޭތަން ހުވަފެނުގައި ފެނިދާނެއެވެ. މީގެ ތެރޭގައި ދުނިޔަވީ ކަންކަމާއި ތަޤްވާވެރިކަންވެސް ހިމެނެއެވެ. މިޘާލަކަށް ބުނާނަމަ ބޭނުންވާ މީހަކާއި ކައިވެނިކުރެވުން، ޙައްޖު ނުވަތަ ޢުމްރާވެވުން ފަދަ ކަންކަންވެސް ހިމެނެއެވެ.

ބައެއްފަހަރު ހުވަފެނުގައި ފެންނަ ކަންކަން ޙަޤީޤަތަކަށްވެސް ވެއެވެ. ނުވެވެސް ދެއެވެ. އެހެންކަމުން ފެންނަ ހުވަފެންތައް އަމިއްލަ ޢާއިވެސް އަދި އެންމެ ގާތް އެކުވެރިންނާއިވެސް ހިއްޞާނުކުރާށެވެ! އަދި ލިބިދާނެކަމަށް އުންމީދުކުރާ އުފާވެރިކަން ނުވަތަ ނިޢްމަތްތަކުގެ ވާހަކަވެސް ހިއްޞާނުކުރާށެވެ!

އެއީކޮށްގެން ނުވާނެކަމެއްކަން އެނގިގެންދަނީ ޤުރްއާނުންނެވެ. ޔޫސުފް ސޫރަތުންނެވެ. ޔޫސުފްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅާއި ގުޅިގެން ބައްޕާފުޅު ޔަޢްޤޫބްގެފާނު ވިދާޅުވި ބަސްފުޅުންނެވެ.

ފުރަތަމަ ކަމަކީ ހުވަފެންފުޅުގެ މާނަ އެނގިވަޑައިގަތުމާއިއެކުގައިވެސް ޔޫސުފްގެފާނަށް ވިދާޅުވެނުދެއްވެވިކަމެވެ. ދެވަނަ ކަމަކީ ޔަޢްޤޫބްގެފާނަކީ ނަބީބޭކަލެއްކަމުގައި ވެޑައިގެން ހުންނަވައިވެސް ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ހިތްޕުޅުގައި އެފެދިދާނެ ހަސަދައަށް ބިރުފުޅުގެންވަޑައިގެންނެވިކަމެވެ. އެހެން ބޭފުޅުންގެ ގާތު އެހުވަފެންފުޅުގެ ވާހަކަ ނުދެއްކެވުމަށް ވިދާޅުވިކަމެވެ.

ޔަޢްޤޫބްގެފާނަކީ ނަބީބޭކަލެކެވެ. މިދައްކަނީ ނަބީބޭކަލަކަށް ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ވާހަކައެވެ. ވީއިރު އަހަރެމެންނާއި އަހަރެމެންގެ ދަރިންނާއި ޢާއިލާގެ ޙާލަކީ ކޮބައިހެއްޔެވެ؟ ތިބޭނީ ކޮން ދަރަޖައެއްގައިހެއްޔެވެ؟

މީސްތަކުންނޭވެ! ޢާއިލާ އާއިއެކު ކުރަން އުޅޭ ދަތުރުތަކާއި ކަންކަމުގެ ވާހަކަ ޢާއިލާގެ އެންމެންނާއި ހިއްޞާނުކުރާށެވެ! ވިޔަފާރީގައި ލިބޭ ފައިދާއާއި ކުރިއެރުމުގެ ވާހަކަވެސް އެންމެންނާއި ހިއްޞާނުކުރާށެވެ! އެހެނީ މީސްތަކުންގެ އެންމެ ބޮޑު ޢަދުއްވުކަމުގައިވާ ޝައިޠޯނާ އަބަދުވެސް ހުންނާނީ ފިތުނަ އާއި ޙަސަދަ އުފައްދުވާނެ ފުރުޞަތަކަށް ބަލަބަލައިކަމަށްވާތީއެވެ.

ޢަބަދުވެސް ބުނާފަދައިން ހިތުގައިލެވޭ ޙަސދަ އެސްފީނާއަށް ބަދަލުވެއެވެ. ވީމާ އެސްފީނާގެ އަޞްލަކީ ޙަސަދަވެރިކަމެވެ. ޝައިޠޯނާވާކަން ޔަޤީންކުރާ ފަދައިން ޝައިޠޯނާގެ ސަބަބުން ހިތްތައް ކިލަނބުވެ ޙަސަދަވެރިކަން އުފެދި އެސްފީނާއަށް ބަދަލުވެގެންދާންކަން ޤަބޫލުކޮށް ރައްކައުތެރިވާންވާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން