ޤިޔާމަތް ދުވަހު، ތިބާ ދުނިޔޭގައި ބިރުވެތިވި މީހާގެ ކިބައިން ކަންކަމަށް ވާގިއެދެން ﷲ ވަޙީކުރައްވަވައިފިނަމަ ތިބާގެ ޙާލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ޤިޔާމަތް ދުވަހު، ތިބާ ދުނިޔޭގައި ބިރުވެތިވި މީހާގެ ކިބައިން ކަންކަމަށް ވާގިއެދެން ﷲ ވަޙީކުރައްވަވައިފިނަމަ ތިބާގެ ޙާލަކީ ކޮބާ؟

الفضيل بن عياض رحمه الله ވިދާޅުވިއެވެ. "މާތް ﷲ އަށް ބިރުވެތިވެއްޖެ މީހާއަށް، ގެއްލުމެއް ދެވޭނެ ހަމަ އެކަކުނުވެއެވެ. އަދި، އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް ބިރުގަނެއްޖެ މީހާއަށް ފައިދާއެއް ދެވޭނެ ހަމަ އެކަކުވެސް ނުވެއެވެ".

މި ބަސްފުޅަކީ މިއަދުގެ ޙާލަތުގައި ވިސްނައިލަން ވަރަށް މުހިންމު ބަސްފުޅެކެވެ. ވމިވެނި މީހަކީ މާތަނަވަސް އަދި މާބާރުގަދަ މީހަކަށްވީމާ ދިރިއުޅުމުގެ މައްޗަށް ގަދަވެގެންފާނެ ކަމުގެ ބިރަށް މިފެންނަނީ އިސްލާމް ދީނުގެ ޢަދާވާތްތެރިންނަށް ބިރުން އިސްލާމް ދީނުގެ މަގާއި ދުރަށް ޖެހެވޭތަނެވެ. އެމީހަކު ދެކެ ގަންނަ ބިރުން ދީނުގައި ހުރި ކަންކަން ދޫކޮށްލައި ދުރުހެލިވެވޭތަނެވެ.

ކިތަންމެ ތަނަވަސް ނަމަވެސް އަދި ބާރުގަދަ ނަމަވެސް ޖެހިލުން ނުވާށެވެ! ދުނިޔޭގައި ތިބި އެންމެ ތަނަވަސް އަދި އެންމެ ބާރުގަދަ އެންމެންނަކީވެސް ﷲ ތަޢާލާގެ އަޅުންނެވެ. ﷲ ތަޢާލާ މިންވަރުނުކުރައްވަވާ އެއްވެސް ކަމެއް ކުރުމުގެ ބާރު އެއެންމެން ގުޅުނަސް ނުލިބޭނެއެވެ. އަދި ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވައިފި އަޅަކަށް އެއްވެސް ގެއްލުމެއް ދެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. އެއީ ދުނިޔޭގެ އެންމެންނާއި ހުރިހާ ޖިންނި ޝައިޠޯނުން ގުޅުނަސް ކުރެވޭނެ ކަމެއް ނޫނެވެ.

ވީމާ ކޮންމެ ކަމެއްކުރާއިރުވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރަމުން ގެންދާށެވެ! އެންމެ އިސްކަންދޭ ކަމަކީ ﷲ ތަޢާލާއަށް ބިރުވެތިވުން ކަމަށް ހަދާށެވެ! އެއިރުން އެމީހަކަށް ބޭނުންވާ ރައްކައުތެރިކަންވެސް އެހެން ކަންކަންވެސް ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ. އެއިގެ ބަދަލުގައި އެއްވެސް މީހަކަށް ބިރުވެތިވާނަމަ ލިބޭނެ ދެރަ އާއި ގެއްލުން މާބޮޑުވާނެއެވެ.

މިޘާލެއްވެސް ބުނެލާނަމެވެ. މީހަކަށް ބިރުން ނުވަތަ މަޤާމަށް ބިރުން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ގޮތަކަށް ކަންކަން ކުރީއެވެ. ﷲ ތަޢާލާއަށް ބިރުވެތިނުވީއެވެ. ޤިޔާމަތް ދުވަހު އެމީހާގެ ކިބައިން ކަންކަމަށް އެދެން ﷲ ތަޢާލާ ވަޙިކުރައްވަވައިފިނަމަ ދެން އެމީކަށް ކަންކަން މެދުވެރިވާނީ ކޮންފަދަ ހިތާމަވެރިގޮތަކަށް ހެއްޔެވެ؟ ބިރުވެތިވާންވީ އެޙާލަތަށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން