ބައްދަލުވެއްޖެނަމަ ކިތަންމެ ބޮޑު ޤުރްބާނީއެއްވާންޖެހުނަސް ކައިވެނިނުކޮށް ދޫކޮށްލައިގެން ނުވާނެ އަންހެނުންނަކީ ކޮބައިކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ބައްދަލުވެއްޖެނަމަ ކިތަންމެ ބޮޑު ޤުރްބާނީއެއްވާންޖެހުނަސް ކައިވެނިނުކޮށް ދޫކޮށްލައިގެން ނުވާނެ އަންހެނުންނަކީ ކޮބައިކަން އެނގޭތަ؟

މިހާރަކަށް ލޯބިވުން މާނަކުރަނީ ހިތުގެ ލޯތްބަކަށް ނޫނެވެ. އެހެންވެ ލޯބިވާކަން ދައްކަން ޖެހިފައި އޮންނަނީ އަތްފައިންނެވެ. ހަށިގަނޑުންނެވެ. ނަމަވެސް ހެޔޮލަފާ އަންހެނުން އެގޮތަކަށް ކަންތަކެއް ނުކުރާނެއެވެ. އެމީހުން ލޯބިވާނީ ހިތުންނެވެ. ހަށިގަނޑަކުން ނޫނެވެ. ކައިވެނިކުރެވެންދެން ދުރުހެލިވާނެއެވެ. 

ސަބަބުތައް ބައިވަރެވެ. އެންމެ މުހިންމު އެއް ސަބަބަކީ ލޯބިވާކަން ދައްކަންޖެހޭނީ ތެދުވެރިކަމުންނެވެ. ޢިއްފަތްތެރިކަން ރައްކައުތެރިކުރުން ހިމެނެނީ ތެދުވެރިކަމުގެ ތެރެއިންނެވެ. ތެދުވެރިކަން އެދައްކަނީ ﷲ ތަޢާލާއަށެވެ. ﷲ ތަޢާލާއަށް ތެދުވެރިކަމެއް ނެތް މީހަކު ބައިވެރިޔާއަށ ތެދުވެރިވާނީ ކިހިނަކުން ހެއްޔެވެ؟ 

ވީމާ ﷲ ތަޢާލާއަށް ތެދުވެރި އަންހެނަކު ލިބިއްޖެނަމަ ޙަމްދުކުރާށެވެ. ކޮންމެ ގޮތަކުން ނަމަވެސް އެއަންހެނަކާއި ކައިވެނިކުރަން މަސައްކަތްކުރާށެވެ! މާތް ﷲ ގެ ވާގިފުޅާއިއެކު ކައިވެނީގައި ބަރަކާތް ލައްވަވައި އުފާވެރި ދިރިއުޅުމެއް ދެއްވަވާނެތެވެ! 

ހިތާމައަކީ މިކަމަށް ވިސްނައިނުލެވޭކަމެވެ. ހިތުން ލޯބިވުމުގެ ބަދަލުގައި ހަށިގަނޑުން ލޯބިވާ މީހުންނާއި ގުޅެވޭކަމެވެ. އެފަދަ ގިނަ ކައިވެނިތައް ފަސޭހައިން ރޫޅިގެންދާތަން ފެންނައިރުވެސްމެއެވެ. 

އަހުރެންގެ ނަޞޭޙަތަކީ ޒަވާޖީ ޙަޔާތުގެ ބިންގާ ޠޯހިރުކުރުމެވެ. ބިންގާ ވަރުގަދަވެފައި ލޮޅުންތައް ނާރާނީ އެއިރުން ކަމަސްވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން