ހއ. ހޯރަފުށީގައި ގާއިމުކުރާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް މިހާރު ތިލަދުއްމަތީ އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯރަފުއްޓަށް ވަޑައިގެން ހާފްވޭ ހައުސް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެތަނުގެ ދިދަ ނަންގަވައިދެއްވާފައެވެ.
މިހާފްވޭ ހައުސްއަކީ ކުޑަކުދިންގެ ޖިނާޢީ އަދުލުގެ ޤާނޫނުގެ ދަށުން ހިންގަން ބޭނުންވާ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ޤާއިމްކޮށްފައިވާ މަރުކަޒެކެވެ.
މި ރަސްމިއްޔާތުގައި ދާޚިލީ ސަލަމަތާއި ފަންނީއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާންއާއި އެވުޒާރާގެ ދަށުން ހިންގަމުންދާ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.