ރައީސް އުލިގަމަށް ވަޑައިގެންނެވުމް ހޫނު މަރުޚަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
ރައީސް އުލިގަމަށް ވަޑައިގެންނެވުމް ހޫނު މަރުޚަބާއެއް ދަންނަވައިފި

ހއ. އުލިގަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެންނެވުމް ހޫނު މަރުޚަބާއެއް ދަންނަވައިފިއެވެ.

އުލިގަމަށް ރައީސް ވަޑައިގަތުމުން، އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ރައީސް އާއި ސަލާމްކުރެއްވުމަށް ބަނދަރު ސަރަޙައްދަށް ގިނަ އަދަދެއްގެ އާންމުން ވަނީ އެއްވެފައެވެ.

މި ދަތުރުފުޅުގެ ތެރެއިން އުލިގަމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން ރައީސް މަޝްވަރާކުރައްވާނެއެވެ.

މިއީ ހއ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގަންނަވާ ފަހު މަންޒިލެވެ.

ރައީސް ހއ. އަތޮޅަށް ކުރައްވަމުންދާ 3 ދުވަހުގެ ދަތުރުފުޅުގައި އަތޮޅުގެ 10 ރަށަށް ވަނީ ވަޑައިގެންފައެވެ.

މިއަދު އޮންލައިން