އުލިގަމުގެ ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
އުލިގަމުގެ ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ހއ. އުލިގަމުގެ ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުލިގަމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މި މުހިންމު މަސައްކަތް ފެށިގެން ދިޔައެވެ. މި މަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާގޮތަށް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އުލިގަމު ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްގެންދަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށްގެންނެވެ. މި މަސައްކަތަކީ އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި އައު އިމާރާތް ނިމުމުން އުލިގަމު ކައުންސިލަށް ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް ބެލެވެއެވެ. އަދި މި އިމާރާތަކީ ރަށުގެ ތަރައްޤީއަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައިވެސް ވާނެއެވެ.

މިއަދު އޮންލައިން