މިސްކިތްތަކުގަ ފަންޑުފޮށި ބެހައްޓައިގެން ކަންކަން ކުރާ ފަރާތްތަކަށް ޤަވާޢިދުތަކެއް ހަދަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
މިސްކިތްތަކުގަ ފަންޑުފޮށި ބެހައްޓައިގެން ކަންކަން ކުރާ ފަރާތްތަކަށް ޤަވާޢިދުތަކެއް ހަދަނީ!

އެކި އެކި ޖަމިއްޔާތަކުން މިސްކިތްތަކުގައި ފަންޑުފޮށިތައް ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދަން ހުއްދައަށް އެދުން ގިނަވެގެންދާތީ މިސްކިތްތައް ބޭނުންކޮށްގެންކުރާ މިފަދަ ކަންކަން ރެގިއުލޭޓްކުރާނެ ޤަވާއިދެއް ހެދުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

އެމިނިސްޓްރީން ބުނެފައިވަނީ މިގޮތަށް ހުއްދަދެވޭނީ ހޯދާ ފައިސާ ޚަރަދުކުރާނެ ގޮތުގެ ތަފްސީލު ހުށަހެޅުމުން ކަމަށާއި އަދި ހުއްދަ ތަކުރާރު ކުރެވޭނީ ޚަރަދުކުރިގޮތުގެ ތަފްޞީލާއި އޮޑިޓް ރިޕޯޓް ހުށަހެޅުމުން ކަމުގައި ވެސް އުޞޫލުގައި ބަޔާންވާނެ ކަމަށެވެ. 

މި އުޞޫލު ހެދިގެންދާނީ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާޢިދުގެ ތެރެއިންކަމަށާއި މިއީ ކޮންމެހެން ކުރަންޖެހިފައިވާކަމެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

އަންނަ ރަމަޟާންމަހު ތަރާވީޙް ނަމާދުކުރާނެ ޙާފިޡުން ގެނައުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލުމުގެ ކުރިންވެސް ކޮންމެވެސް ބައަކު ޙާފިޡުން ކަމަށް ބުނާ ބައަކު ބޭރުން ގެނެސްގެން މިސްތަތަކުގައި މިހާރުވެސް ނަމާދުކުރުވުން ފަދަ ކަންކަން އެބަ ކުރުވާކަން އަންނަނީ ފާހަގަކުރެވެމުންނެވެ.

މިބާވަތުގެ ކަންކަން ވެސް ގިނަ މިސްކިތްތަކުގައި ކުރަނީ ގިނަ ބައެއްގެ އަތުން ފައިސާނަގައިގެންކަމަށްވާއިރު މިކަމަކީވެސް ހަރުދަނާ އުޞޫލުތަކެއްގެ ތެރެއިން އިންތިޒާމުކުރެވެންޖެހޭނެ ކަމެއްކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން