ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފި

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނައި ދެ ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ މީހުން ކަމުގައިވާ، އަކާހިލް ތަޕްރަވަން (29އ) އާއި އަމްދާ ޕަންޑިއަން (44އ) ކަމަށެވެ.

މި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު މާލޭގައި ހިންގި މި އޮޕަރޭޝަނުގައި، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ ތަނެއް ބަލައިފާސްކުރިއިރު ބަަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ބާލިދީއެއް ފެނިފައިވެއެވެ. 

މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މިއަދު އޮންލައިން