ތިލަދުންމަތީ އުތުރުބުރީގެ 11 ރަށަކަށް ރައިސް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ތިލަދުންމަތީ އުތުރުބުރީގެ 11 ރަށަކަށް ރައިސް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ 11 ރަށަކަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ހއ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ރަށްރަށުގެ ރައްޔިތުން އެންމެ އިސްކަންދޭ ކަންކަމާއި، ތަރައްޤީއަށް ބޭނުންވާ އަސާސީ ވަސީލަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

ރައީސް ޑރ.މުޢިއްޒުގެ މި ދަތުރުފުޅުގައި ރަށްރަށުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ރަށްތަކުގެ އެންމެ ކަންބޮޑުވާ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. މި ދަތުރުފުޅަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގެ ސަބަބުން ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކެއް ފާހަގަކުރެވި، އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

 

މިއަދު އޮންލައިން