މުޅި ދުވަހު ހަކަތަ އުފައްދައިދޭތީ އުފައްދާ މިންވަރު 75% އިތުރުވާނެ ސޯލާޕެނެލް ސްޓެލްކޯއިން ތަޖުރިބާކުރަން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
މުޅި ދުވަހު ހަކަތަ އުފައްދައިދޭތީ އުފައްދާ މިންވަރު 75% އިތުރުވާނެ ސޯލާޕެނެލް ސްޓެލްކޯއިން ތަޖުރިބާކުރަން ފަށައިފި!

ޢާންމު ގޮތެއްގައި ފުރާޅުގައި ހަރުކުރާ ސޯލާ ޕެނެލްތަކުން ހަކަތަ އުފައްދައިދޭނީ ސީދާ ޕެނެލްތަކަށް އަވިލިބޭ ވަޤުތުތަކުގައެވެ. ވީމާ މުޅި ދުވަހު މަސައްކަތެއް ނުކުރާނެއެވެ. ސީދާ އަވިނުލިބޭނަމަ މަސައްކަތްކުރިނަމަވެސް އެފިސަންސީ ދަށްވެގެންދާނެއެވެ. 

މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ސްޓެލްކޯއިން މުޅިން އައު ނިޒާމެއް ތަޢާރަފްކޮށް ތަޖުރިބާކުރަން ފަށައިފިއެވެ. ކ. ހިމާފުށީގައި ބޭނުންކުރަން ފެށި "ސަން ޓްރެކިން ސިސްޓަމަކާއެކު ސޯލާ ޕީވީ އިނޮވޭޝަންގެ އާންމު ސެޓަޕްތަކަށްވުރެ %75 އިތުރަށް ހަކަތަ އުފައްދައިދޭނެއެވެ. އެއީ އިރު ކޮންމެ ދިމާއެއްގައި ހުރިނަމަވެސް (ޕެނެލްތަކަށް ސިދާ އަވި ނުލިބުނަސް އަވިހުރިނަމަ) އެއް މިންވަރެއްގައި ހަކތަ އުފައްދައިދޭތީއެވެ. 

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވީ މިފަދަ ފައިދާހުރި ކަންކަން ތަޖުރިބާކުރަން ސްޓެލްކޯއިން މަސައްކަތްކުރަނީ ރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސަމާލުކަމަށް އެއްބާރުލުންދީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒު ޙަޤީޤަތަކަށް ހެދުމަށް ކަމަށެވެ.

މިއަދު އޮންލައިން