އިސްލާމް ދީނުގެ ކަންކަމަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރަން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޢަލީ ރަމީޒް "މަންފާގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައިފިއެވެ.
ޢަލީ ރަމީޒްގެ ބަސްފުޅު:
"ލޮބުވެތި މުސްލިމް އަޚުންނާ އުޚްތުން: އިސްލާމް ދީނުގެ ރިވެތި ވަޢުޡާއި އިރުޝާދު މީސްތަކުންނަށް ފޯރުކޮށްދީ، މިދީނުގެ ދަންމަރު މިދީބުގައި ނެގެހެއްޓުމުގެ މަތިވެރި ނިޔަތާއެކު، ދީނީ، އިންސާނީ އަދި އިޖްތިމާޢީ ރޮނގުން އިސްލާމީ އުއްމަތަށް މަންފާ ހޯދައިދިނުމަށް މަސައްކަތްކުރުމުގެ މާތް މަޤްޞަދުގައި އަޅުގަނޑުމެން ޖަމްޢިއްޔާއެއް އުފައްދައި، މި ޖަމްޢިއްޔާއަށް "މަންފާ" ގެ ނަމުން ނަންދީ ރަޖިސްޓްރީ ކުރިކަމުގެ އުފާވެރި ޚަބަރު ތިޔަ ލޮބުވެތި އަޚުންނާ އުޚުތުންނަށް އަރުވަމެވެ."
ޢަލީ ރަމީޒަކީ ރައްޔިތުންގެ ގިނަ ބައަކު ބަލައިގެންފައިވާ "ބްރޭންޑެކެވެ!" ކޮންމެ ލޭބަލެއްގައިވެސް ޢަލީ ރަމީޒް ވެވަޑައިގަންނަވާނީ ހަމަ ޢަލީ ރަމީޒަށެވެ! މަސައްކަތް ކުރައްވާނީ އިސްލާމް ދީން މަތިވެރިކުރެއްވުމަށެވެ. އިން ޝާ ﷲ
"މަންފާ" ޖަމިއްޔާއަށް ކުރިއެރުން ދެއްވަވާށި! ޢަލީ ރަމީޒުގެ މަސައްކަތްތަކުގައި ބަރަކާތް ލައްވަވާށި! އާމީން