ފާފަ ނުފުއްސަވާނެ ކަމަށް ޤަބޫލުކުރާ މީހުންނަށް ލިބޭ އެންމެ ބޮޑު ދެރަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ފާފަ ނުފުއްސަވާނެ ކަމަށް ޤަބޫލުކުރާ މީހުންނަށް ލިބޭ އެންމެ ބޮޑު ދެރަ!: މުފްތީ މެންކް

ތިމާއަށް ގިނަ ފާފަތަކެއް ކުރެވިފައިވުމުން ނުވަތަ ބޮޑެތި ފާފަތަކެއް ކުރެއްވިފައިވުމުން ނުވަތަ އެނޫންވެސް ސަބަބަކާއިހުރެ ތިމާއަށް ކުރެވިފައިވާ ފާފަތައް ނުފުއްސަވާނެ ކަމަށް ޤަބޫލުކުރީމާ ލިބޭނެ އެންމެ ބޮޑު ދެރަ އެނގޭ ހެއްޔެވެ؟  

ﷲ ތަޢާލާ ކޮންމެ މުސްލިމަކާއިއެކުގައިވެސް ވޮޑިގެންވަނީ އިޚްލާޞްތެރިކަމާއިއެކު އެމީހަކު އެދޭ ގޮތަކަށެވެ. އެޙަދީޘްފުޅުން އެނގިގެން މިދަނީ ތިމާ ތައުބާވެ ފާފަފުއްސަވައިދެއްވަވައިފިކަމަށް އުންމީދުކުރާނަމަ ފާފަފުއްސަވައިދެއްވަވާނެ ކަމެވެ.  

ފާފަ ކުރެވިފައިވީނަމަވެސް ތައުބާވެ ފާފަފުއްސަވައި ދެއްވެވުން އެދި ދެންނެވުމުން ފާފަ ފުއްސަވައިދެއްވަވާނެތެވެ. އެހެން އެކަން އޮތްއިރު ތިމާއަށް ކުރެވުނު ފާފަ ފުއްސަވައި ނުދެއްވަވާނެކަމަށް ވިސްނީމާ ދެން އެކަންވާނެ ގޮތާއިމެދު އަމިއްލައަށް ވިސްނާށެވެ! އަހުރެން ބުނާނީ އެއީ އެމީހަކަސް ލިބޭނެ އެންމެ ބޮޑު ދެރަ ކަމަށެވެ!  

ފާފަތައް ފުއްސަވައި ނުދެއްވަވައިފިނަމަ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނެތީއެވެ. ރުހިވޮޑިގަތުން ނުލިބި ސުވަރުގެ ނުވަދވޭނެތީއެވެ.  

މީސްތަކުންނޭވެ! އަހުރެމެން އެންމެންނަކީ ހަމަ އެއް އުންމަތެއްގެ މީހުންނެވެ. އެމީހެއްގެ ކިބައިގައި ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެކަކު އަނެކަކަށް އެހީތެރިވެދޭށެވެ. އެއިރުން އުންމަތް ދާނީ ކުރިއަރަމުންނެވެ. މިއަދު ކުރިމަތިވެގެން މިއުޅޭ ހުރިހާ މައްސަލަތަކެއް ޙައްލުކުރެވިގެންދާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން