ނިކަމެތި ފަޤީރެއްގެ ކުރިމަތީގަ ބިލްގޭޓްސްގެ ނިކަމެތިކަން ހާމަވެގެންދިއަ ހާދިސާއެއްގެ ވާހަކަ- އެނގިހުރެނަމަވެސް ނުއެނގި ހުރެ ނަމަވެސް އެއްބަސްވެވުނީ ޙަދީޘްފުޅަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ނިކަމެތި ފަޤީރެއްގެ ކުރިމަތީގަ ބިލްގޭޓްސްގެ ނިކަމެތިކަން ހާމަވެގެންދިއަ ހާދިސާއެއްގެ ވާހަކަ- އެނގިހުރެނަމަވެސް ނުއެނގި ހުރެ ނަމަވެސް އެއްބަސްވެވުނީ ޙަދީޘްފުޅަކަށް!

ބިލްގޭޓްސް ގާތުގައި އޭނާއަށްވުރެ ތަނަވަސް މީހަކު އެބަހުރިތޯ އާއި އެއީ ކާކުތޯ ސުވާލުކުރުމުން ބުނީ އެބަހުރި ކަމަށާއި އެއީ ފަޤީރު، ކަޅު، ނޫސްވިއްކާ ކުއްޖާ ކަމަށެވެ. އެހެންބުނެފައި އެހެންބުނި ސަބަބު ކިޔައިދިނެވެ. 

އެއީ އަހުރެންނަށް ތަނަވަސްކަން ލިބުމުގެ ކުރިއެވެ. ދެދުވަހަކު ފުރަން އެއާޕޯޓަށްދިއައިރު ޖީބުގައި ފައިސާ ނެތިވެސް އެކުއްޖާ އަހުރެންނަށް ނޫސް ދިނެވެ. އަދި އެއީ ހެޔޮހިތުން ކުރި ހަދިޔާއެއް ކަމަށް ބުންޏެވެ. 

އެއިގެ 19 އަހަރުފަހެވެ. އަހުރެންނަށް ތަނަވަސްކަން ވަނީ ލިބިފައެވެ. ވަރަށް ގިނަ މަސައްކަތްކޮށްގެން އަހުރެން އޭނާ ހޯދައިގެން ގެނެސް އޭނާ ބޭނުން ކޮންމެ ކަމަކަށް އެދުން ބުނީމެވެ. ނަމަވެސް އަހުރެންނަކީ ކާކުކަން ރަނގަޅަށް އެނގިހުރެވެސް އޭނާ ބުނީ އެއްވެސް ކަމަކަށް ބޭނުންނުވާ ކަމަށެވެ. އަދި އޭނާ ކޮށްދިން ކަންތަކަށް ބަދަލުނުދެވޭނެ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ އޭނާ އަހުރެންނަށް އެ 2 ދުވަހުވެސް ނޫސްދިނީ ފައިސާއަށް ނުހަނު ބޮޑަށް ބޭނުންވެގެން ހުރެ ކަމަށްވެފައި މިއަދު އަހުރެން ބަދަލުދޭން އުޅެނީ އަހުރެންގެ އަތްމަތި ތަނަވަސްވުމުން ކަމަސްވާތީ ކަމަށެވެ. 

އަހުރެންގެ އޭނާގެ އެބަސް ޤަބޫލުކުރީމެވެ. އެއީ ޙަޤީޤަތް ކަމަށް އެއްބަސްވީމެވެ. ނިކަމެތި ކަމުގައި ހުރެ ހެޔޮ ހިތުން މީހަކަށް ކޮށްދޭ ކިތަންމެ ކުޑަކަމެއްގެ އަގުވެސް މިލިއަނުން ކުރާ ހޭދައަކަށްވުރެ ބޮޑުވާނެތީއެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ބަލާފައިވާ ވާހަކަކޮޅެކެވެ. މިއަދުނޫހާއި ޙިއްޞާކޮށްލި ބޭނުމަކީ އެނގިތިބެނަމަވެސް ނުއެނގި ތިބެ ނަމަވެސް އެމިހާވެސް އަދި ބިލްގޭޓްސްވެސް އެއްބަސްއެވީ ޙަދީޘްފުޅަކަށް ކަމަށްވާތީއެވެ. އަދި މުސްލިމުންގެ ގޮތުގައި ތިބެވެސް ވަރަށް ފަރުވާކުޑަކޮށްލެވޭ ޙަދީޘްފުޅަކަށް ކަމަށްވާތީއެވެ.  

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން