ކުރިއަށްދާން ބޭނުންނަމަ ފުރަތަމަ ކަމަކަށް އެހެން މީހުން ތިމާއާއިމެދު ދެކޭ ގޮތާއިމެދު ވިސްނުން ހުއްޓައިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކުރިއަށްދާން ބޭނުންނަމަ ފުރަތަމަ ކަމަކަށް އެހެން މީހުން ތިމާއާއިމެދު ދެކޭ ގޮތާއިމެދު ވިސްނުން ހުއްޓައިލާށެވެ!

ގިނަ ބައަކަށް ހާސްވުމާއި ކަންބޮޑުވުމުގެ ތެރޭގައި އުޅެންޖެހިފައިވާ އެންމެ ބޮޑު ސަބަބަކީ އެހެން މީހުން ތިމާއާއިމެދު ދެކޭގޮތާއިމެދު ވިސްނާތީއެވެ. މުސްލިމުންނަކީ އެއްވެސް ވަރަކަށް އެކަމަށް ވިސްނަންޖެހެންވީ ބައެއް ނޫނެވެ. ކޮންމެ ޙާލަތެއްގައިވެސް ވިސްނަންވީ ހަމައެކަނި ﷲ ތަޢާލާ ތިމާއާއިމެދު ދެކެވޮޑިގަންނަވާނެ ގޮތަކާއިމެދުގައެވެ. 

މިވިސްނުމުގައި އިޚްލާޞްތެރި ހިތަކުން ﷲ ތަޢާލާ އާއިމެދު ވިސްނާ މީހަކަށް ދެރައެއް ނުވަތަ ގެއްލުމެއް ދެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. 

ނަމަވެސް ގިނަ ބައެއްގެ ކިބައިން މިއަދު މިފެންނަނީ ﷲ ތަޢާލާ އާއިމެދު ކަންބޮޑުނުވެވި މީސްތަކުންނާއިމެދު ކަންބޮޑުވެގެން އުޅެވޭތަނެވެ. ގިނަ ބައަކު ފޭލްވަމުންދާ ސަބަބަކީ އެއީއެވެ. 

އެހެން މީހުން ތިމާއާއިމެދު ކޮންމެ ގޮތަކަށް ދެކުނިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ އެމީހުންނަކީ ތިބާގެ ޙަޔާތާއިމެދު ކޮން ބާރެއް ލިބިގެންވާ ބައެއް ހެއްޔެވެ؟ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ. 

ކޮންމެ ދުވަހަކުވެސް ތައުބާވަމުން ގެންދާށެވެ. ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަމުން ގެންދާށެވެ! އެއިރުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ. އެއިރުން ދުނިޔޭގައިވެސް އުފާވެރިކަމާއި އާޚިރަތުގައިވެސް އުފާވެރިކަން ލިބޭނެއެވެ. އިން ޝާ ﷲ. 

އަހުރެންގެ އަމިއްލަ ޙަޔާތުގެ ތަޖުރިބާއަށް ބަލާނަމަވެސް އެކަން މެދުވެރިވީ ހަމަ އެގޮތަށެވެ. އެއްވެސް ކަމަކަށް ކަންބޮޑުނުވެ ހަމަޖެހިލައިގެން އުޅެވެންފެށީ ހަމަ މިވިސްނުމުގައި އުޅެން ފެށުމުންނެވެ.

 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން