ޤުރްއާނުގެ ޞައްޙަކަމާއިމެދު ސައިންސްވެރިން ކުރި ބަޙޫސް ނިމުނުތާ ކިތަންމެ ދުވަހެއް! ޙަޤީޤަތް އެނގުނީމަވެސް އެއްބަސްވާން ބޭނުން ނުވަނީ!: ޑރ. ޒާކިރް ނައިކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ޤުރްއާނުގެ ޞައްޙަކަމާއިމެދު ސައިންސްވެރިން ކުރި ބަޙޫސް ނިމުނުތާ ކިތަންމެ ދުވަހެއް! ޙަޤީޤަތް އެނގުނީމަވެސް އެއްބަސްވާން ބޭނުން ނުވަނީ!: ޑރ. ޒާކިރް ނައިކް

 

ކީރިތި ޤުރްއާނުގެ ޞައްޙަކަމާއިމެދު ކުރެވެމުން އައި ބަހުސްތައް ނިމުނުތާ ކިތަންމެ ދުވަހެކެވެ. ދިރާސާކުރާ ހުރިހާ ސައިންސްވެރިންވެސް ޤުރްޢާނަކީ ޙަޤީޤަތެއްކަމަށް ޤަބޫލުކުރެއެވެ. ތެދުހަދާ މީހުން އެކަމަށް އެއްބަސްވެއެވެ. އަނެއް ބައަކު ތެދަށް ބުނަން ބޭނުން ނުވަނީއެވެ. އެކަމަކު އެމީހުން ހޯދާ ތިއަރީތަކުން ސުވާލުކުރީމާ އަނގަބެދެއެވެ.

 

ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ﷲ ތަޢާލާގެ ޙުކުމްފުޅުތަކުގެ ވާހަކަ ދައްކައިފިނަމަ އެއީ ތެދުކަން އެނގިތިބެވެސް އެކަންކަމަށް ޝައްކު އުފައްދުވަން މަސައްކަތްކުރާ ބައަކު އުޅެއެވެ. އެކަން އެކުރަނީ ކީރިތި ޤުރްއާނުގެ ޙަޤީޤަތް ނުއެނގޭތީއެއް ނޫނެވެ. އަބޫޖަހުލު ހެދިގެންނެވެ.

 

އެހެން މިބުނަނީ އިސްލާމް ދީނަކީ ޙައްޤު ދީންކަމާއި ޤުރްއާނަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅުކަން އަބޫޖަހުލަށް ރަނގަޅަށް އެނގެއެވެ. އެނގިހުރެވެސް ދޮގުކުރަން މަސައްކަތްކުރީ އެއީ ތެދުކަމަށް ބުނެފިނަމަ ނުވަތަ އެއްބަސްވެއްޖެނަމަ އޭނާގެ ގޮތުގައި ޖައްބާރުކަންމަތީގައި ދުނިޔޭގައި އުޅެން ހުރަސްތަކެއް ކުރިމަތިވާނެތީއެވެ.

 

މިއަދުވެސް މިފެންނަނީ ހަމަ އެކަންކަމެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކަކީ އެންމެ މަތިވެރި ޙުކުމްފުޅުތައްކަން ޔަޤީންވާއިރުވެސް ޤަބޫލުކުރާކަމަށް އެއްބަސްވާން ބޭނުންނުވަނީއެވެ. އެއްބަސްވެއްޖެ ނަމަ އޭނާ ދުނިޔެއިން ޙާޞިލްކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަން ހުރަސްތައް ކުރިމަތިވާނެތީއެވެ.

 

މިކަމުގައި ޑރ. ޒާކިރު ނައިކު ވިދާޅުވެފައިވާ ބަސްފުޅުގެ ހަނދާން އައުކޮށްލަމާ ހިނގާށެވެ!

 

ކީރިތި ޤުރްއާނަކީ ﷲ ތަޢާލާ ބާވައިލެއްވެވި ފޮތެއްކަން މީސްތަކުންނަށް އެންމެ ފުރިހަމައަށް ޘާބިތުކޮށްދެމުން ގެންދަނީ އިސްލާމް ދީނުގެ ޢިލްމުވެރިން ކަމަށް ބުނެވޭކަށް ނެތެވެ. އެހެނީ ޢިލްމުވެރިން ހެކިދައްކަވަނީ އެފޮތުންކަމަށްވެފައި އެ ފޮތުން ހެކި ދެއްކުމުން އެކަންކަން ޤަބޫލުކުރަން އުނދަގޫ ބައަކު (އެތީސްޓުން ފަދަ) ތިބޭނެތީއެވެ.

 

ސައިންސްވެރިން މިއަދު ހޯދާ ހޯދުންތައް މީގެ 1400 އަހަރުކުރިން ބާވައިލެއްވެވި ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައި އޮތުމުން އެފޮތަކީ ދުނިޔެއާއި ދުނިޔޭގައިވާހައިތަކެއްޗަކާއި އަދި އުޑުތަކާއި އުޑުތަކުގައި ވާހައި ތަކެއްޗެއް އުފެއްދެވި ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާ ބާވައިލެއްވެވި ފޮތެއްކަން އެންމެންނަށް މިދަނީ ޔަޤިންކުރެވެމުންނެވެ. އެކަމުގެ ހެކިތައް މިދަނީ ހާމަވުމުންނެވެ!

 

އިތުރަށް މަޢުލޫމާތާއި ހެކިތައް:

https://www.youtube.com/watch?v=Xew94w742dA

 

 

މިއަދު އޮންލައިން