ޝަޢްބާންމަސް ފެށުމުން ކުރާނެ ޚާއްޞަ ދުޢާއެއް ނެތް! އޮތީ ވީހާ ގިނަ ދުވަހު ރޯދަހިފުން! ޝައިޚް މުޙައްމަދު ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޝަޢްބާންމަސް ފެށުމުން ކުރާނެ ޚާއްޞަ ދުޢާއެއް ނެތް! އޮތީ ވީހާ ގިނަ ދުވަހު ރޯދަހިފުން! ޝައިޚް މުޙައްމަދު ލަޠީފް

ޝަޢްބާން ފެށުމުން ކުރާނެ ދުޢާތަކާއި ކަންކަން ސޯޝަލް މީޑިއާގައި ދައުރުކުރަމުން ގެންދާތީ ރޭގެ ފަތިސްނަމުގެ ފަހުން (ދަރުސަށްފަހު) މީހަކު ކުރި ސުވާލުގެ ޖަވާބުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމް ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ ޝަޢްބާންމަސް ފެށުމުން ކުރާނެ ޚާއްޞަ ދުޢާއެއް އެއްވެސް ޙަދީޘްފުޅަކުން އެނގެން ނެތް ކަމަށާއި ސުންނަތުން އެނގެން އޮތީ ވީހާ ގިނަ ދުވަހު ރޯދަހިފުން ކަމެވެ. 

ކީރިތި ޤުރްއާނާއި ސުންނަތުން އެއީ އަޅުކަން ކަމުގައި ޘާބިތުނުވާ ކަންކަން އަޅުކަމުގެ ގޮތުން ނުވަ ޘަވާބު ހޯދަން ނުކުރުމަށާއި ޘާބިތުވާ ކަންކަން ކުރުމުގައި ޘާބިތުވެ ތިބުމަށް ޝައިޚް ތަކުރާރުކޮށް އިލްތިމާސް ކުރެއްވެވިއެވެ. 

ދުޢާކުރުމަކީ އަބަދުވެސް ކުރަން އޮތް ކަމެކެވެ. ކޮންމެ ދުވަހަކުވެސް ކުރަން އޮތް ކަމެކެވެ. ނަމަވެސް އެކަން ވަކި ދުވަހަކާއި ވަކިވަޤުތަކާއި ނުވަތަ ވަކިޙާލަތަކާއި ގުޅުވަން އޮތީ ސުންނަތުން ޘާބިތުވާނަމަކަންވެސް ޝައިޚް ބަޔާންކޮށްދެއްވެވިއެވެ. 

މިޘާލަކަށް ބުނާނަމަ ޝަޢްބާންމަސް ފެށުމުން އެމީހެއްގެ އަމިއްލަ ނަފްސަށް ކުރަން އޮތް އެންމެ މުހިންމު ދުޢާއަކީ އެ މައްސަރުގައި ވީހާގިނަ ދުވަހު ރޯދަހިފުމަށް މަގުފަހިކޮށްދެއްވެވުން އެދިގެން ކުރާ ދުޢާއެވެ. އެދުޢާއަކީ އެއިގެ ކުރިން ރަޖަބް މަހުގައިވެސް ކުރެވިދާނެ ދުޢާއެކެވެ. ވީމާ ޝަޢްބާން މަސް ފެށޭ ދުވަހު ނުވަތަ ފެށުމުން އެއީ ކޮންމެހެން ކުރަންޖެހޭ ދުޢާއެއް ކަމަށް ވިސްނައިދިނުމަކީ އޮތްކަމެއް ނޫނެވެ.

 

މިއަދު އޮންލައިން