ކުރީގެ ފަސްޓްލޭޑީ ފަޒްނާގެ މަންމަ ނިޔާވުމުން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 38ސ
ކުރީގެ ފަސްޓްލޭޑީ ފަޒްނާގެ މަންމަ ނިޔާވުމުން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ މަންމަ ނިޔާވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އާޢިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޒަމީރާ އަވަހާރަވުމާއި ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ލޮބުވެތި މަންމަ، ޒަމީރާ ޢުމަރު އަވަހާރަވުމުގެ ފުން ހިތާމައިގާ ބައިވެރިވެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނަށާއި ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަަމަށެވެ.

ޒަމީރާ އުމަރު އަވަހާރަވެފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި އަވަސް ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

މިއަދު އޮންލައިން