"ޖޮއިން ދަ ހީރޯސް"ގެ ނަމުގައި ލޭ ހަދިޔާ ކުރުމުގެ ޤައުމީ ކެމްޕެއިނެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
"ޖޮއިން ދަ ހީރޯސް"ގެ ނަމުގައި ލޭ ހަދިޔާ ކުރުމުގެ ޤައުމީ ކެމްޕެއިނެއް ފަށައިފި

ޖޮއިން ދަ ހީރޯސް"ގެ ނަމުގައި ލޭ ހަދިޔާ ކުރުމުގެ ޤައުމީ ކެމްޕެއިނެއް ފަށައިފިއެވެ.

މިކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މިކެޕްފެއިން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޡިމް އިބްރާހީމްއެވެ.

މި ކެމްޕެއިނަކީ ލޭ ބޭނުންވާ ފަރާތްތަކަށް އެފަދަ ފުރުޞަތުތައް ހުޅުވައި ދެއްވާ ތެލަސީމިއާ ކުދިންނަށާއި އަދި މިނޫންވެސް ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ފޯރުކޮށް ދިނުމަށް ލުއިފަސޭހަ މަގެއް ހުޅުވައިދިނުމުގެ ގޮތުން 11 ޖުލައި 2024 ގައި ((HRDNCLLP ލޭއެޕާއި މިނިސްޓްރީ އޮފް ހެލްތާއި ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ލޭ ހަދިޔާ ކުރުމުގެ މުހިއްމު ކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ކެމްޕައިންގައި ބައިވެރިވެ ވީހާވެސް ގިނަ ބޭފުޅުން ލޭ ހަދިޔާކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

" ދުނިޔޭގެ އާބާދީގެ ނިސްބަތުންވެސް ރާއްޖެއަކީ ތެލަސީމިއާ ކުދިން ގިނަ ގައުމަކަށްވެފައި އެކުދިންނަށް ބޭނުންވާނެ ލޭ ލުއިފަސޭހަ އިންތިޒާމް ތަކެއްގެ ދަށުން ހަމަޖެހިގެން ދިޔުމަކީ ވަރަށް މުހިއްމު ކަމެއް." މިނިސްޓަރ ވިދާޅުވިއެވެ

އަދި މޯލްޑިވިއަން ބްލަޑް ސަރވިސަސަށް ލިބޭ ލޭގެ %33.9 އަކީ ވޮލަންޓްރީ ޑޮނޭޝަން ކަމަށްވުމާއި އެކު މިއީ ނިސްބަތުން މަދު އަދަދަކަށް ވެފައި މިފަދަ ކެމްޕެއިނެއްގެ ނަތީޖާ އަކަށް ވެގެންދާނީ ވޮލަންޓްރީ ޑޯނާސްގެ ނިސްބަތް އިތުރުވެ މޯލްޑިވިއަން ބްލަޑް ސަރވިސަސަށް ލިބޭ ލޭ އިތުރު ކޮށްދިނުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ތެލަސީމިއާ ކުދިންގެ ކަންކަން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓައި މިއަދުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން