ރާއްޖޭގައި ފީނުމުގެ ދުނިޔޭގެ ދެ ރެކޯޑެއް ޤާއިމްކުރުމަށް އޯޝަން ސިކްސް ފިފްޓީން މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ރާއްޖޭގައި ފީނުމުގެ ދުނިޔޭގެ ދެ ރެކޯޑެއް ޤާއިމްކުރުމަށް އޯޝަން ސިކްސް ފިފްޓީން މަސައްކަތް ފަށައިފި

ފީނުމުގެ ދުނިޔޭގެ ދެ ރެކޯޑެއް ރާއްޖެއިން ޤާއިމްކުރުމަށް އޯޝަން ސިކްސް ފިފްޓީން މަސައްކަތް ފަށައިފިއެވެ. "އެކްރޮސް މޯލްޑިވްސް" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތުގެ ފުރަތަމަ ފިޔަވަހި އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު މިއަދު ހުޅުމާލޭ ބީޗް ސަރަހައްދުގައި ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، "މިފަދަ ހަރަކާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެ" ކަމަށެވެ. އަދި މި ހަރަކާތުގެ ސަބަބުން ކުރިން ރާއްޖެ ނޭނގޭ ބަޔަކަށް ރާއްޖެ ތަޢާރަފްވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފުރަތަމަ ރެކޯޑު ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. މިއީ ހުޅުމާލެ އާއި ހުޅުލެ ވަށައިގެން 17 ކިލޯމީޓަރުގެ ދުރުމިނަށް ފީނައިގެން ދަތުރުކުރުމުގެ ރެކޯޑެކެވެ. "ސިންގަލް އޯޕަން ވޯޓަރ ޑައިވް" ގެ މި ރެކޯޑު ހެދުމަށް 6 ގަޑިއިރަށްވުރެ ދިގުނުވާ ގޮތަށް ވަނީ ރޭވިފައެވެ.

ދެވަނަ ރެކޯޑު ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ. މިއީ ހއ. ތުރާކުނުން ފެށިގެން އައްޑޫ ގަމާ ހަމައަށް 460 ކިލޯމީޓަރުގެ ދުރުމިނަށް ފީނައިގެން ދަތުރުކުރުމުގެ ރެކޯޑެކެވެ. މި ދަތުރުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ކަނޑައެޅޭ ސަރަހައްދުތަކެއްގައި ފީނާނެއެވެ.

މި ހަރަކާތުގެ އިފްތިތާޙީ ރަސްމިއްޔާތުގައި ފީނުމުގެ ހަރަކާތުގައި ބައިވެރިވާ ޑައިވަރުންނާއި، ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައްވެސް ވަނީ ތަޢާރަފްކޮށްދީފައެވެ.

 

މިއަދު އޮންލައިން