ހަންކެޑެ ބްރިޖު އާންމުންނަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ހަންކެޑެ ބްރިޖު އާންމުންނަށް ހުޅުވާލައިފި

އައްޑޫ ސިޓީގެ ހިތަދޫއާއި މަރަދޫ ގުޅުވައިދޭ ހަންކެޑެ ބްރިޖު މިއަދު މެންދަމު 12:00 އިން ފެށިގެން އާންމުންގެ ބޭނުމަށް ހުޅުވާލައިފިއެވެ.

2021 ވަނަ އަހަރު އަމަލީ މަސައްކަތް ފެށުނު މި މަޝްރޫޢުގެ މަސައްކަތްތައް ވަނީ އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރިއަށް ގެންގޮސްފައެވެ. އަދި މި މަޝްރޫޢު ވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ވުޒާރާގެ ނައިބު އިބްރާހީމް ނާޡިމް ވިދާޅުވި ގޮތުގައި، "ބްރިޖު ހުޅުވުން ލަސްވެފައިވަނީ މަގުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ސަރވޭއެއް ކުރަންޖެހުނު" ސަބަބުންނެވެ.

އައު ބްރިޖު ހުޅުވުމާއެކު، ކުރިން ބޭނުންކުރަމުން އައި މަގު ބަންދުކުރެވި، އުޅަނދުފަހަރު ދުއްވުމަށް އެ މަގު އިތުރަށް ބޭނުމެއް ނުކުރެވޭނެއެވެ. މި މަޝްރޫޢަކީ އައްޑޫ ސިޓީގެ މަގުހެދުމަށް ކުރިއަށްގެންދާ 1 ބިލިއަން ރުފިޔާގެ މަޝްރޫޢުގެ މުހިންމު ބައެކެވެ.

ވުޒާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ކުރިއަށްދަނީ ފެން ހިންދާ ނިޒާމުތަކުގެ އައުޓްފޯލް ޕަމްޕްތައް ހަރުކުރުމުގެ މަސައްކަތެވެ. އަދި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މަޝްރޫޢުގެ ބޮޑެތި ހުރިހާ މަސައްކަތެއް ނިމުމަކަށް އަންނާނެއެވެ.

ހަންކެޑެ ބްރިޖު މި މަޝްރޫއަކި އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓާ ޑްރެއިނޭޖް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން ނިންމާފައިވާ މަޝްރޫއެކެވެ. އެގޮތުން މިމަސައްކަތް ކުރިއަށް ގެންދެވިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.

މިއަދު އޮންލައިން