"އަޅުގަނޑުމެންގެ ގެއިން ކަރަންޓްދިއަތާ 20 ވަރަކަށް މިނިޓް ތެރޭގަ ކަރަންޓް ލިބުނު. ކަރަންޓް ދިއައިމަ ދިއައީ މެންދުރަށް މިސްކިތަށް! އެނބުރި އައިއިރު ކަރަންޓް ލިބުނުތާ ކިތަންމެ އިރެއް!"
ކަރަންޓް ދިއުމުން އަނބުރާ ލިބުން އަވަސްވުމާއި ލަސްވުން ނިޞްބަތްވަނީ ކުރިމަތިވި މައްސަލައިގެ ކުޑަބޮޑުމިނަށެވެ. ހަމައެއާއިއެކު މަސައްކަތްކުރަން ތިބޭ ބައެއްގެ ޚިދުމަތަށެވެ.
ސްޓެލްކޯގެ ޓީމަކީ ވަރަށް ޤާބިލު ޓީމެކެވެ. އެހެން ކުންފުނިތަކަށްވެސް އެހީތެރިވެދެމުން ގެންދާކަންވެސް ފާހަގަކުރަން ޖެހެއެވެ.
ކަރަންޓް ދިއުމާ ގުޅިގެން ސްޓެލްކޯއިން ވަނީ ވަޤުތުން ޙާލަތު ބަޔާންކޮށްދީފައެވެ،
"މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން. މިހާރު އިންޖީނުގޭގެ އިންޖީނުތައް އަލުން ހިންގަން ފެށުމާއެކު، ކަރަންޓު މެދުކެނޑުނު ސަރަޙައްދުތަކަށް ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. މި ވަގުތު މާލޭގެ 75 އިންސައްތަ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ވަނީ އަލުން ފޯރުކޮށްދެވިފައި. ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. މި ކަމާ ގުޅިގެން ދިމާވާ ދަތިތަކަށް އިޚްލާޞްތެރިކަމާއެކު މަޢާފަށް އެދެން.
މާލެއިން ކަރަންޓު ކެނޑުމާއި ގުޅިގެން މިވަތު އެނަރޖައިޒް ނުކުރެވި ހުރި 3 ޓްރާންސްފޯމަރު އެނަރޖައިޒް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން.މި ޓްރާންސްފޯމަރުތައް އެނަރޖައިޒް ކުރެވި، ކުރިއަށް އޮތް 15 މިނެޓެއްހާއިރު ތެރޭ މުޅި މާލެއަށް ކަރަންޓު ދެވިގެންދާނެ. ދިމާވި ދަތިތަކަށް މަޢާފަށް އެދެން."