ދިރާސާތަކުން އެނގޭ ގޮތުގައި ދަތްތައް ސާފުކޮށް ބެހެއްޓުމާއި ހަފްތާއަކު މަދުވެގެން އެއްފަހަރު ދެދަތްދޭތެރެ އެކަމަށް ޚާއްޞަ ރޮދިލައްވައިގެން ސާފުކުރުމަކީ ސްޓްރޯކާއި އެޓްރިއަލް ފައިބިލިޝަން ޖެހުމުގެ ނުރައްކާ ކުޑަވެދާނެ ކަމެއް ކަމަށް ދިރާސާއެއްގެ ފުރަތަމަ ނަތީޖާތަކުން ދައްކައިފިއެވެ.
މިގޮތަށް ދަތްތައް ސާފުކުރުމަކީ ޖުމްލަ ސިއްހަތު ރަނގަޅުވުމާއި ގުޅުން ހުރި ކަމެއް ކަމަށާއި އޭގެ ތެރޭގައި ލޭގެ ޕްރެޝަރު ދަށްވުމާއި ކޮލެސްޓްރޯލްގެ މިންވަރު ދުޅަހެޔޮ ވުމާއި ހަކުރުބަލީގެ ނުރައްކާ ކުޑަވުން ހިމެނޭކަންވެސް ދިރާސާއިން އެނގުނެވެ!
ދިރާސާތައް އަދި ފުރިހަމަ ނުކުރެވޭތީ ޔަގީންކަމާއެކު ތަފްޞީލްތައް ހާމަކުރަން ނުއެނގުނު ނަމަވެސް، މިގޮތަށް ދަތްތައް ސާފުކުރުމަކީ ޖުމުލަ ގޮތެއްގައި ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށްދިނުމުގެ އިތުރުން ހިތާއި ސިކުނޑީގެ ސްޓްރޯކް ޖެހުން ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ދިރާސާގައި ބަޔާންކުރެއެވެ.
ދިރާސާއިން އެނގުނު ގޮތުގައި ކެއުމަށްފަހު ދަތް އުނގުޅައި ދެދަތްދޭތެރެ ރަނގަޅަށް ސާފުކުރުމުން ކުދިކުދި އެތިކޮޅު ލޭނާރުތަކުގެ ތެރޭގައި ދައުރުވެ ހިތާއި ހަމައަށް ގޮސް ހިތުގެ ހިމަނާރުތައް ބޮލޮކްވުމުގެ ފުރުޞަތު ކުޑަވެގެންދެއެވެ.
ސައިންސްވެރިނަ ކަންކަން ދިރާސާކުރަނީއެވެ. ދިރާސާކުރިވަރަކަށް އެނގި ޔަޤީންވަމުން މިދަނީ ޙަދީޘްފުޅުތަކުގެ ތެދުކަމެވެ. ކެއުމަށްފަހުގައާއި ވީހާ ގިނައިން ދްތަތައް ސާފުކޮށް ބެހެއްޓުމުގެ މުހިންމު ކަމެވެ.
https://www.aljumuah.com/nearer-to-allah-the-prophets-oral-hygiene-part-1-of-2-2
ދަތްޕުޅު ސާފުކޮށް ބެހެއްޓެވުމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވެވި ސަމާލުކަން މަތީގައިވާ ލިންކުގައިވާ މަޢުލޫމާތާއި ޙަދީޘްފުޅުތަކުން ވިދާޅުވެލައްވާށެވެ!:
- ދިރާސާގެ މަޢުލޫމާތު: ޞިއްޙީ ޚަބަރު