ހޯނުމެރުކަމީ ވަރަށް ގިނަ ޘަވާބު ދެއްވަވާ ކަމެއް!: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
ހޯނުމެރުކަމީ ވަރަށް ގިނަ ޘަވާބު ދެއްވަވާ ކަމެއް!: ޝައިޚް ޝާފިޢު

ބައެއް މީހުން ގޭގައި ހޯނު އުޅުނަސް މާބޮޑު ސަމާލުކަމެއް ނުދެއެވެ. މީހުން ފެނުމުން ދުރައްދާތީ އެއީ މާބޮޑު ކަމެއް ކަމަކަށް ނުބަލައެވެ. އެއީ ހޯނުގެ ޙަޤީޤަތް ނުއެނގޭތީއެވެ. 

عنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:  مَنْ قَتَلَ وَزَغَةً فِي أَوَّلِ ضَرْبَةٍ فَلَهُ كَذَا وَكَذَا حَسَنَةً، وَمَنْ قَتَلَهَا فِي الضَّرْبَةِ الثَّانِيَةِ فَلَهُ كَذَا وَكَذَا حَسَنَةً، لِدُونِ الْأُولَى، وَإِنْ قَتَلَهَا فِي الضَّرْبَةِ الثَّالِثَةِ فَلَهُ كَذَا وَكَذَا حَسَنَةً، لِدُونِ الثَّانِيَةِ .- رواه مسلم 2240 

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘްކުރެއްވިއެވެ. އެއްފަހަރުން ޖަހައި ހޯނެއް މަރައިފިމީހާއަށް މިވެނި އެވެނި ހެޔޮކަމެއް ވެއެވެ. ދެފަހަރުން ޖަހައި ހޯނެއް މަރައިފިމީހަކަށް މިވެނި އެވެނި ހެޔޮކަމެއް ވެއެވެ. އެއީ ފުރަތަމަ ފަހަރަށްވުރެ ޘަވާބު މަދުކޮށެވެ. ތިންފަހަރުން ޖަހައި ހޯނެއް މަރައިފި މީހަކަށް މިވެނި އެވެނި ހެޔޮކަމެއް ވެއެވެ. އެއީ ކުރީ ދެވަނަ ފަހަރަށް ވުރެ ޘަވާބު މަދުކޮށެވެ. 

އެހެން ރިވާޔަތެއްގައިވާ ގޮތުން، އެއްފަހަރުން ޖަހައި ހޯނެއް މަރައިފިމީހަކަށް ސަތޭކަ ހެޔޮކަން ވެއެވެ. 

ހޯނުމެރުމަށް އަމުރުކުރައްވާފައިވާ ސަބަބު

އެއީ އޭގެ ސަބަބުން ލިބޭ ގެއްލުމެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއަށް ފުވައިސިޤު (ނުލަފާ ނުވަތަ ވިޔާނުދާ ޖަނަވާރު) noxious little creature ގެ ނަމުން ނަން ދެއްވިއެވެ.

އިބްރާހިމް ޢަލައިހިއްސަލާމް އެއްލާލެވުނު އަލިފާންގަނޑު ބޮޑުކުރުމަށްޓަކައި އެތަކެތި އެ އަލިފާންގަނޑަށް ފުމުނު ކަމަށް ބުޚާރީގެ ޙަދިޘްގައި އައިސްފައިވެއެވެ.

އެތަކެއްޗަކީ ކާތަކެތި މުޑުދާރު ކުރާ އެއްޗެކެވެ. ޚާއްޞަކޮށް ލޮނެވެ. އެކަން ނުކުރުވޭނަމަ (މައްޗަށް) ސީލިންގަށް އަރައި ކާތަކެއްޗަށް ސީލައެވެ.

ކާބޯތަކެތި އަޅާ ކަންވާރަށް އެތަކެތި ކުޅު ޖަހައެވެ. އަދި ނުރައްކާތެރި ބަލިތައް ފަތުރައެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހޯނު މެރުމަށް އަމުރު ކުރެއްވިއެވެ. އެ މެރުމަށް އަންގަވާފައިވަނީ އޭގެ ނުރައްކާތެރިކަމުންނެވެ. އެއީ ގެއްލުންދީ ދުއްތުރާކުރާ އެއްޗަކަށްވާތީއެވެ.

 

- ޝައިޚް މުޙައްމަދު ޝާފިޢު 

މަރްޖިޢު

“مرقاة المفاتيح” (7/2671) .

عمدة القاري” (15/ 250).

https://islamqa.info/ar/answers/289055

 

މިއަދު އޮންލައިން