ސައްޔިދުލްއަސްތަޣްފާރު ކިޔުމުން ލިބޭ ބައެއް ފައިދާތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ސައްޔިދުލްއަސްތަޣްފާރު ކިޔުމުން ލިބޭ ބައެއް ފައިދާތައް-

ބައެއް ޢިލްމްވެރިން ވިދާޅުވެފައިވެއެވެ. "ނޭވާ ހޮޅިއަށް އެޅި އެންމެ ފަހު ވަޤުތު މަރުވަން ދަތިވެގެން އުޅޭ މީހެއްގެ ގާތުގައި އޭނާއަށް ރަހްމަތް ލެއްވެވުން އެދިގެން ސައްޔިދުލް އިސްތިޣްފާރުކިޔާށެވެ! އެޙާލަތުގައި އޭނާއަށް ނުކީދާނެއެވެ. ކައިރީގައި ތިބޭ މީހުން ކިޔައި އޭނާއަށް ރަޙްމަތް ލެއްވެވުމަށް އެދޭށެވެ. މީސްތަކުންނަށް އޮތީ ކަންކަމަށް އެދިގެން ދެންނެވުމެވެ. ހިންމަވައި ދެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ."   

سيد الاستغفار އަކީ (اللَّهُمَّ أَنْتَ رَبِّى لاَإِلَهَ إِلاَّأَنْتَ خَلَقْتَنِى وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَااسْتَطَعْتُ أَعُوْذُبِكَ مِنْ شَرِّمَاصَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُوْءُ بِذَنْبِى فَاغْفِرْلِى فَإِنَّهُ لاَيَغْفِرُ الذُّنُوْبَ إِلاَّأَنْتَ) 

- ސައްޔިދުލްއަސްތަޣްފާރު ކިޔުމުގެ މާތްކަމުގެ ތެރެއިން: 

ސައްޔިދުލްއިސްތިޣްފާރުކިޔުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ އިޚްލާޞްތެރިހިތަކާއިގެން އެކަން ޔަޤީންކުރާޙާލު ހެނދުނު ކިޔަވައިގެން ހުއްޓައި ހަވީރުވުމުގެ ކުރިން އަދި ހަވީރު ކިޔަވައިގެން ހުއްޓައި ހެނދުނުވުމުގެ ކުރިން މަރުވެއްޖެނަމަ އެމީހަކަށް ސުވަރުގެ ދެއްވަވާނެ ކަމަށް ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައި އޮތުމުން ސުވަރުގެ ދެއްވެވުން އެދި ހެނދުނާއި ހަވީރު ކިޔެވުމެވެ. 

ސައްޔިދުލްއިސްތިޣްފާރު އަކީ ފާފަފުއްސަވައިދެއްވެވުން އެދި ކުރެވޭ އެންމެ މަތިވެރި ދުޢާއެވެ. ނުވަތަ އިސްތިޣްފާރެވެ. އެހެންކަމުން އެއީ އިސްތިޣްފާރުތަކުގެ "މައި" އިސްތިޣްފާރެވެ! އަދި މަންމަ ކަމުގައިވެސް ބުނެވެއެވެ. 

ކޮންމެވެސް ދުވަހަކު ނުވަތަ ކޮންމެވެސް ރޭގަނޑަކު އަހަރެމެން ކޮންމެ މީހަކުވެސް މަރުވާނެއެވެ. އެއީ ޔަޤީންކަމެވެ. ކޮންމެ ދުވަހަކު ނުވަތަ ރޭގަނޑަކު މަރުވި ނަމަވެސް سيد الاستغفار ކިޔައިގެން ހުރުމަކީ ސުވަރުގެ ދެއްވެވުން އެދި ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.

 

 

މިއަދު އޮންލައިން