ހަރުދަނާ ކަމެއް ނެތްކަން އެނގިހުރެ އެމީހަކާ ކައިވެނިކުރުމަށްވުރެ އެކަނިހުރުންވެސް މާރަނގަޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ހަރުދަނާ ކަމެއް ނެތްކަން އެނގިހުރެ އެމީހަކާ ކައިވެނިކުރުމަށްވުރެ އެކަނިހުރުންވެސް މާރަނގަޅު!

ބައެއް އަންހެނުން އަދި ފިރިހެނުންވެސް ކައިވެނިކުރަނީ ކައިވެނިކުރެވޭ މީހާގެ ކިބައިގައި ހަރުދަނާ ކަމެއް ނެތްކަން އެނގިހުރެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އެއީ ހަރުދަނާ މީހަކު  ކުރާނެ ކަމެއް ނޫނެވެ. ކައިވެނި ނުކުރެވި ކިތަންމެ ގިނަ ދުވަހު ހުންނަން ޖެހުނަސް ހަރުދަނާ މީހަކު، ހަރުދަނާ ކަމެއް ނެތް މީހަކާ ނުގުޅޭނެއެވެ. ސަބަބަކީ އެފަދަ މީހަކާ ގުޅުމަށްވުރެ އެކަނި ހުރުންވެސް ރަނގަޅުވީމައެވެ.  

އަހުރެންނަށް ލިބިފައިވާ ތަޖުރިބާއަށް ބަލައި ބުނަންޖެހެނީ ހަރުދަނާ ކަމެއް ނެތް މީހުންނާއި ކައިވެނިކުރަނީ އެގޮތަށް އުޅެން އަނެކާވެސް ބޭނުންވާތީއެވެ. ތިމާ އުޅޭ ގޮތަށް ނުވަތަ ކުރާ ކަންކަމަށް އަނެކާ އަޅައިނުލާނެކަން ޤަބޫލުކުރެވޭތީއެވެ.  

ހަރުދަނާ ރަނގަޅު ދިރިއުޅުމެއް އުޅެވޭނީ ހަރުދަނާކަންހުރި މީހަކާއި ކައިވެނިކޮށްގެންނެވެ. މިޒަމާނުގައި އެމީހުން ކައިވެނިކުރުމުގެ ކުރިން އެކުގައި ދިރިއުޅުމުގެ ޝަރުޠުތަކަށް ހަމައެކަނި މަޝްވަރާކުރާނީއެއް ނޫނެވެ. ލިޔުމެއްވެސް ލިޔާނެއެވެ. އެއީ މައްސަލަ ޖެހޭ ދުވަހު އެލިޔުން ދެއްކުމަށެވެ.  

މިފަދަ ލިޔުމެއް ތައްޔާރުކުރަން އުޅޭނަމަ އެއީ މާކަންތައްގަނޑު ބޮޑު މީހަކު ކަމަށްބަލައި ފޫހިނުވާށެވެ! އެއިގެ ބަދަލުގައި އެފަދަ ހަރުދަނާ މީހަކާއި ބައްދަލުވެވުނު ކަމަށްޓަކައި އުފާކުރާށެވެ!  

ބައެއް ފަހަރު ކުރިމަތިވާ ކަމަކީ ލޯބިވާވަރުން މިބާވަތުގެ ކަންކަން ކުރަންފަސްޖެހެވެނީއެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. އަދި އެކުލަވައިލާ ލިޔުމުގައި ތިމާ ބޭނުންވާ ކަންކަން ހިމަނަން އެކަމުގެ ޥާހަކަދައްކަން ގިނަ އަންހެނުން ލަދުގަނެ ފަސްޖެހެއެވެ. އެއީވެސް ހެދޭ ގޯހެކެވެ. ދެމީހުން ބޭނުންވާ ކަންކަންވެސް އެލިޔުމުގައި ހިމަނަންވާނެއެވެ. ފައިދާކުރާނީ އެއިރުންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން 

މިއަދު އޮންލައިން