ނަރަކައަށް ތިބާއާއި ވައިވެސް ނޭޅެވޭނެ އެންމެ ޔަޤީން ޢަމަލު- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ނަރަކައަށް ތިބާއާއި ވައިވެސް ނޭޅެވޭނެ އެންމެ ޔަޤީން ޢަމަލު- އިން ޝާ ﷲ

ދުނިޔޭގައި ދެގެ ދޭތެރޭގައި އުޅެވިދާނެއެވެ. 2 ރަށެއްގައިވެސް އުޅެވިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު ނަރަކައި ސުވަރުގެއާއި ދެމެދަކު ހަމައެކަކަށްވެސް ނުހުރެވޭނެއެވެ. އަދި ހުންނާކަށް ނުވެސް ޖެހޭނެއެވެ. އެއީ ހަމައެކަކަށްވެސް މެދުވެރިވާނެ ޙާލަތެއް ނުވަތަ ލިބޭނެ ފުރުޞަތެއް ނޫނެވެ. 

ދުނިޔެއަށް އަހަރެމެން ފޮނުއްވެވީ އެންމެ ބޭނުމަކުއެވެ. އެއީ ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އަޅުކަންކުރުމުގެ ބޭނުމަކީ ކޮބައިތޯ ކުރެވޭ ސުވާލުގެ އެންމެ ކުރު ޖަވާބަކީ ނަރަކައިން ސަލާމަތްވުމެވެ. އެހެނީ ނަރަކައިން ސަލާމަތްވެވިއްޖެ މީހާ ހުންނާނީ ސުވަރުގޭގައެވެ. 

ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ވީހައި ގިނަ ޘަވާބު ހޯދަން މަސައްކަތްކުރަންވީ ހަމައެކަނި ރަމަޟާން މަހަކު ނޫނެވެ. އެއީ ހަމަ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ މަސައްކަތެކެވެ. ވީމާ މިދުވަސްތަކުގައި ކުރާ ކޮންމެ އަޅުކަމުންވެސް އެންމެ ބޮޑަށް މަންފާކުރާނެ ގޮތަށް ކަންކަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. 

އެގޮތުން ރަމަޟާން މަސް ފާއިތުވެދިއުމުން ދެން މިހިފަނީ ސުންނަތް ރޯދައެވެ. އެގޮތުން އެއްބައަކު މަހަކު 8 ރޯދަހިފައެވެ. އެއީ ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތިދުވަހަކު ރޯދަހިފާމީހުންނެވެ. އަނެއް ބައަކު 11 ރޯދަ އެބަހިފައެވެ. އެއީ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުގެ އިތުރުން ހަނދުމަހުގެ 13،14،15 ގައި ރޯދަހިފާ މީހުންނެވެ. 

މިއިން ކޮންމެ ރޯދައަކީ 2 ރޯދަކަމަސް ހެދުމުގެ ފުރުޞަތު އޮތީ ލިބިފައެވެ. ވަރަށް ފަސޭހަކަމާއިއެކުގައެވެ. 

2 ރޯދަ ހިފާނެގޮތަކީ ފުރަތަމަ ރޯދަ ހިފާނީ އެމީހާއެވެ. ދެވަނަ ރޯދަ ހިފަން ހަދާނެ ގޮތަކީ ރޯދަވެރިއަކަށް ރޯދަވީއްލުން ދޭނީއެވެ. ތަނަވަސްކަންހުރިނަމަ ރޯދަ ވީއްލަން ދޭ މީހުންގެ އަދަދު އިތުރުކޮށް ގިނަ ރޯދަ ހިފަން ގަދައަޅައި މަސައްކަތްކުރެވިދާނެއެވެ. ގިނަ ރޯދަ ހިފުމެވެ މިބަނަނީ ރޯދަވީއްލުން ލިބޭ މީހާގެ ރޯދައިން އެއްވެސް މިންވަރެއް ނުކުރައްވަވައި ރޯދަ ވީއްލަން ދޭ މީހާއަށް އިތުރަށް ﷲ ތަޢާލާ ޘަވާބު ދެއްވަވާތީއެވެ. 

ރަމަޟާން މަހު ކޮންމެ ދުވަހަކު އިތުރު އެންމެ މީހަކަށް ރޯދަ ވީއްލުން ދިންނަމަ 60 ރޯދަ ހިފިކަމުގެ ޘަވާބަށް އުންމީދުކުރާށެވެ! ދެން ބަލައިލަންވީ ސުންނަތް ރޯދައަށެވެ. މަހަކު 11 ރޯދަ ހިފާ މީހަކު ރޯދަ ހިފާ ކޮންމެ ދުވަހަކު އިތުރު މީހަކަށް ރޯދަވީއްލުން ދޭނަމަ 11 މަސް ދުވަސްތެރޭގައި 121 ރޯދަ ހިފައި އިތުރު 121 ދުވަހު ރޯދަ ހިފިކަމުގެ ޘަވާބަށް އުންމީދުކުރެވިދާނެއެވެ. އެއިގެ މާނައަކީ ރަމަޟާން މަހު ހިފި ރޯދައިގެ އިތުރުން 16940 އަހަރުގެ ރާސްތާއަށް އެމީހަކަށް ނަރަކަ އާއި ދުރުވެވުމެވެ. ރަމަޟާން މަހާއިއެކު ބަލައިފިނަމަ 21140 އަހަރުގެ ރާސްތާއަށް އެމީހަކަށް ނަރަކަ އާއި ދުރުވެވުމެވެ. އެހެނީ ހިފާ ކޮންމެ ރޯދައެއްގެ ސަބަބުން އެމީހަކު 70 އަހަރުގެ ރާސްތާއަށް ނަރަކައާއި ދުކުރައްވަވައި ދެއްވަވަތެވެ. މިއީ ދޫކޮށްލަން ހެޔޮވެދާނެ ނިޢްމަތެއް ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން