ގަދަކަމުން ބައިވެރިޔާގެ ލޯތްބެއް ނުހޯދޭނެ! ބައިވެރިޔާ އެހެން މީހަކުދެކެ ލޯބިވާން ބޭނުންވެއްޖެނަމަ އެންމެ ރަނގަޅު ގޮތަކީ "ހަނގުރާމަކުރަން" ވަޤުތު ނަގާނުލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ގަދަކަމުން ބައިވެރިޔާގެ ލޯތްބެއް ނުހޯދޭނެ! ބައިވެރިޔާ އެހެން މީހަކުދެކެ ލޯބިވާން ބޭނުންވެއްޖެނަމަ އެންމެ ރަނގަޅު ގޮތަކީ "ހަނގުރާމަކުރަން" ވަޤުތު ނަގާނުލުން!

ކައިވެނިކޮށްގެން އެތައް ދުވަހަކު އެކުގައި އުޅެފައި ބައިވެރިޔާ އެހެން މީހަކު ދެކެ ލޯބިވެއްޖެނަމަ އެއިގެ މާނައަކީ ތިބާ ދެކެ ފޫހިވެއްޖެކަމާއި ތިބާއާއި ވަކިވާންބޭނުންވެއްޖެކަމެވެ. ވީމާ އޮންނާނީ ދެގޮތެކެވެ. އަނބިމިހާނަމަ ފިރިމީހާ ދެވަ ކައިވެނި ކުރަން ރުހި ދޫކޮށްލައިގެން އިނުމެވެ. ނުވަތަ ވަކިވުމެވެ. ފިރިމީހާ ނަމަ އޮންނާނީ ވަކިވުމެވެ.  

ބައިވެރިޔާއަށް ކުރެވޭ ކުށެއް އިޞްލާޙްކުރުމުގެ ބޭނުމުގައި ދެފައިގައި ހިފައި އާދޭސްވެސް ކުރާށެވެ. އަދި އެއީ ކެތްތެރިވޗެވޭވަރުގެ ކަމެއް ނަމަ ކިތަންމެ ގިނަ ދުވަހަށްވެސް ކެތްތެރިވާށެވެ. ދުޢާކުރަމުން ގެންދާށެވެ. ބައިވެރިޔާ އިޞްލާޙްވެދާނެއެވެ. އިން ޝާ ﷲ. ނަމަވެސް އެހެން މީހަކު ދެކެ ލޯބިވެއްޖެނަމަ ގިނަ ފަހަރު ކުރާ އާދޭހަކުން އަސަރެއް ނުކުރާނެއެވެ. ގިނަ މީހުން އެލޯބީގައި ކުރިއަށްދާނެއެވެ.  

މިބުނީ ޢާންމު ގޮތެއްގައި އެކަން ހިނގާ ގޮތެވެ. މިނޫން ގޮތަކަށް މެދުވެރިވަނީ ޙާލަކުން ފަހަރަކުއެވެ. ބައިވެރިޔާ އާދޭސްކުރީމާ ދަރިންނަށްޓަކައި އަލަށް ގުޅުނު ލޯބިވެރިޔާދެކެ ލޯބިވުން ހުއްޓައިލަނީވެސް ހަމަ ވަރަށް މަދު މީހެކެވެ. މިއީ އަހުރެންގެ ވިސްނުމުން ބުނާ ބަހެއް ނޫނެވެ. އަހުރެންގެ ގާތަށް މައްސަލަތަކުގައި ލަފާ ހޯދަން އަންނަ ގިނަ މީހުންގެ ކިބައިން ލިބޭ މަޢުލޫމާތުން އެކަން އެނގޭ ގޮތެވެ.  

އަހުރެން ބުނާނީ ބައިވެރިޔާ އެހެން މީހަކު ލޯބިވާތީ އެކަމަށް ވިސްނަން ކެތްތެރިވާނަމަ ގެއްލިގެންދާނީ ޙަޔާތުގެ ދުވަސްތަކެކެވެ. ވީމާ ރަނގަޅު ގޮތަކީ އެކަމަށް ވިސްނަމުން ގޮސް ބައްޔަކަށްވުމުގެ ކުރިން ގޮތެއް ނިންމައި ދެވަނަ ޙަޔާތެއް ފަށަން މަސައްކަތްކުރުން ކަމަށެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުލަކުން

މިއަދު އޮންލައިން