ވަރިކުރިޔަސް، ވަރިވިޔަސް ކުރީގެ ކައިވެނި ރޫޅުނީތީ އިންތިހާއަށް އުފާކުރާނެ މީހަކަށް ވެވޭނެ! އޮތީ ޘާބިތުވެލައި ހިތްވަރުކޮށްލުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ވަރިކުރިޔަސް، ވަރިވިޔަސް ކުރީގެ ކައިވެނި ރޫޅުނީތީ އިންތިހާއަށް އުފާކުރާނެ މީހަކަށް ވެވޭނެ! އޮތީ ޘާބިތުވެލައި ހިތްވަރުކޮށްލުން!: މުފްތީ މެންކް

ވަރިވާންޖެހުނަސް، ވަރިކުރިޔަސް، ދަރިން ނުލިބުނު ނަމަވެސް، ހަމައެކަނި އަންހެން ނުވަތަ ފިރިހެން ދަރިން ދެއްވެވިނަމަވެސް، ވަޒީފާ ގެއްލުނު ނަމަވެސް، އަދި ތަނަވަސްކަން ނުލިބުނު ނަމަވެސް، ތަނަވަސްކަން ލިބުމަށްފަހު ގެއްލުނު ނަމަވެސް ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ! ކޮންމެ ޙާލަތެއް މެދުވެރިކުރައްވަވާނީ އެމީހަކަށް ރަނގަޅަކަށްކަން ޔަޤީންކުރާށެވެ.  

މިފަދަ ކޮންމެ ޙލަތެއް ކުރިމަތިކުރެއްވެވި ނަމަވެސް ﷲ ތަޢާލާއަށް ޝުކުރުވެރިވުންމަތީގައި ސާބިތުވެހުރެއްޖެނަމަ އެކަންކަން ތިމާއަށް ެދުވެރިކުރެއްވެވި ސަބަބު އެނގި އުފާކުރާ ދުވަސް އަންނާނެއެވެ.  

މިސާލަކަށް ކައިވެނި ރޫޅުމަށްފަހު ދެން ކުރެވޭ ކައިވެނީގެ އުފާވެރިކަން ބޮޑުކަމުން ކުރީގެ ކައިވެނި ރޫޅުނުކަމަށްޓަކައި އުފާކުރަނީ ކިތައް މީހުން ހެއްޔެވެ؟ މާލޯބިވާ، މާއުފާވެރިކަންދޭ، މާތަނަވަސް މީހުންނާއި ފަހުން ކައިވެނި ކުރެވިފައިވަނީ ކިތައް މީހުންހެއްޔެވެ؟ ކުރީގެ ކައިވެނި ނުރޫޅުނު ނަމަ ފަހުގެ އުފާވެރި ކާމިޔާބު ކައިވެނި ނުކުރެވުނީސްނޫންހެއްޔެވެ؟ 

ވަޒީފާ ގެއްލުމުން ދެން ކުރަން ފެށި މަސައްކަތުން ލިބޭ އާމްދަނީ އިތުރުވެ ވަޒީފާ ގެއްލުނުކަމަށްޓަކައި ފަހުން އުފާކުރަނީ ކިތައް މީހުން ހެއްޔެވެ؟ ބައެއް ދެމަފިރިންނަށް ދަރިން ދެއްވަވާފައިނުި ނަމަވެސް ދެން ދެއްވަވާ ނިޢްމަތްތަކުގެ ސަބަބުން އުފާކުރަނީ ކިތައް މީހުން ހެއްޔެވެ؟  

އެހެންވެ ޙަދީޘްފުޅުގައި އޮތީ "ފުރިހަމަ އީމާންތެރިންނަކީ ނިޢްމަތް ދެއްވެވުމުން އުފާކޮށް ޝުކުރުވެރިވާ މީހުން ކަމަށާއި އަދި އަދި ނިޢްަމަތް ނުދެއްވެވުމުން ނުވަތަ ދެއްވެވުމަށްފަހު އަނބުރާ ގެންދެވުމުން ކެތްތެރިވެ ޝުކުރުވެރިވެސްވެ އަޅުކަންކުރުން އިތުރުކުރާ މީހުން ކަމަށެވެ.  

އެހެންވެ އިބްނު ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "މީސްތަކުންނަށް ޖެހފައިވާ އެންމެ ބޮޑު އެއްބައްޔަކީ ﷲ ތަޢާލާ ނިޢްމަތެއް މިންވަރުކުރެއްވެވުމުން އެއީ ނިޢްމަތެއްކަމަށް ބަލައިގަންނަން ނުއެނގުމެވެ."  

މިކަމުގެ އެންމެ ބޮޑު ހިތާމައަކީ ﷲ ތަޢާލާ ނިޢްމަތެއް މިންވަރުކުރެއްވެވުމުން އެކަން ބަލައިގަންނަން ނުއެނގި އެނިޢްމަތް ގެއްލިގެން ދިއުމަށް އެދެވޭތީއެވެ. ދެއްވެނި ނިޢްމަތާއިމެދު ޝަކުވާކުރެވޭތީއެވެ. އަދި އެހާލަތުގައި ދެއްވެވީ ނިޢްމަތެއްކަން އެނގެނީވެސް އެނިޢްމަތް އަތުން ބީވެގެން ދިއުމުންނެވެ! 

"ތިއަބައިމީހުން ކަމަކަށް ލޯބިކޮށްފާނެއެވެ. ނަމަވެސް އެއީ ތިއަބައިމީހުންނަށް ފައިދާހުރިކަމަކަށް ނުވެދާނެއެވެ. އަދި ތިއަބައިމީހުން ކަމަކަށް ނުރުހިދާނެއެވެ. ނަމަވެސް އެއީ ތިއަބައިމީހުންނަށް ފައިދާހުރި ކަމަކަށްވެދާނެއެވެ. ކަންކަން މޮޅަށް ﷲ ދެނެވޮޑިގެންވެއެވެ. ތިއަބައިމީހުންނަކަށް ނުއެނގެއެވެ." މިއީ ﷲ ތަޢާލާގެ ވަހީ ބަސްފުޅެވެ.  

މީސްތަކުންނޭވެ! އިންސާނުން އެދޭ ނުވަތަ ލޯބިކުރާ ކަމެއް ﷲ ތަޢާލާ ހިންމަވައި ނުދެއްވަވައިފާނެއެވެ. އަދި ދެއްވެވުމަށްފަހު އަނބުރައި ގެންދަވައިވެސްފާނެއެވެ. މި ދެ މިޙާލަތުގައިވެސް އޮތީ ﷲ ތަޢާލާއަށް ޝުކުރުވެރިވުމެވެ. އެކަން އެގޮތަށް މެދުވެރިކުރެއްވެވީ ތިމާއަށް ކުރިމަތިވެދާނެ މުޞީބާތަކުން ސަލާމަތްކުރެއްވެވުމަށްކަމަށް ޔަޤީންކުރާށެވެ.  

އެންމެން ވެސް ދެއަތް އުފުލައިލާށެވެ! އަހުރެންގެ ފަހަތުން މިދުއާކުރާށެވެ! "ޔާ ﷲ! އަހަރެމެން އެންމެންނަކީވެސއިނބަ ﷲ މިންވަރުކުރައްވަވާ ނިޢްމަތްތައް ބަލައިގަނެ ޝުކުރުވެރިވާ ބައަކު ކަމުގައި ލައްވަވާނދޭވެ!" އާމީން

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން